ކ. މާލެ
|
1 ޖޫން 2024 | ހޮނިހިރު 08:49
ޑިއޭގޯ މަރަޑޯނާ (އަދި ގޯލްކީޕަރު ހެރަލްޑް ޝޫމާކާ 1986 ވަނަ އަހަރު ވޯލްޑް ކަޕް ގޯލްޑަން ބޯލް އެވޯޑާ އެކު
ޑިއޭގޯ މަރަޑޯނާ (އަދި ގޯލްކީޕަރު ހެރަލްޑް ޝޫމާކާ 1986 ވަނަ އަހަރު ވޯލްޑް ކަޕް ގޯލްޑަން ބޯލް އެވޯޑާ އެކު
އޭޕީ
ޑިއޭގޯ މަރަޑޯނާ
ވާރިސުންގެ އެދުމާ ހިލާފަށް، މަރަޑޯނާގެ ގޯލްޑަން ބޯލް ޓްރޮފީ ބީލަމަށް ލަނީ
ގޯލްޑަން ބޯލް ޓްރޮފީ މަރަޑޯނާ އަށް ލިބުނީ، 1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމުން

އާޖެންޓީނާގެ ލެޖެންޑު، އަދި ފުޓުބޯޅައިގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ޑިއޭގޯ މަރަޑޯނާގެ ގޯލްޑަން ބޯލް ޓްރޮފީ ބީލަމަށް ލާން ނިންމައިފި އެވެ.

އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް 1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތަށި ހޯދީ އޭނާގެ "ހޭންޑް އޮފް ގޯޑް" ގޯލާއި "ގޯލް އޮފް ދަ ސެންޗަރީ" އަށް ފަހު އެވެ. ގޯލްޑަން ބޯލް ޓްރޮފީ މަރަޑޯނާ އަށް ލިބުނީ، 1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމުންނެވެ. ނަމަވެސް އެތައް ޒަމާނެއް ވަންދެން އެ ޓްރޮފީ ގެއްލުނު އިރު، ދާދި ފަހުން އެ ޓްރޮފީ ވަނީ ފެނިފަ އެވެ. މަރަޑޯނާގެ ގޯލްޑަން ބޯލް އެވޯޑު ޓްރޮފީ މިހާރު އޮތީ ބީލަމުގައި ކަމަށާއި، ބޮޑު އަގެއްގައި އެ ޓްރޮފީ ވިއްކާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މަރަޑޯނާގެ ގޯލްޑަން ބޯލް ޓްރޮފީ ނީލަމުގައި ވިއްކަން ނިންމީ މިހާރުގެ ވެރިފަރާތަށް އެ ޓްރޮފީ ވިއްކުމުގެ އެއްވެސް ހައްގެއް ނެތް ކަމަށް އޭނާގެ ވާރިސުން ބުނަމުން ދަނިކޮށެވެ. އެކަމާ ދެކޮޅަށް އޭނާގެ ވާރިސުން ވަނީ އެ މައްސަލަ ޝަރީއަތަށް ވެސް ހުށަހަޅައިފަ އެވެ. ފްރާންސްގެ ކޯޓެއްގައި ކުރިއަށް ގެންދިޔަ ޝަރީއަތުން ވަނީ މަރަޑޯނާގެ ވާރިސުން ދެކޮޅު ހެދި ނަމަވެސް، އެ ބީލަން ކުރިއަށް ގެންދަން ނިންމައިފަ އެވެ.

އެ މައްސަލައިގައި މަރަޑޯނާގެ ވާރިސުންގެ ގާނޫނީ ވަކީލް ވިދާޅުވީ، ކޯޓުން ކުރި ހުކުމަކީ މަރަޑޯނާގެ ވާރިސުންނަށް އެކަށީގެންވާ ހުކުމެއް ނޫން ކަމަށެވެ. އަދި މަރަޑޯނާގެ ވާރިސުން ބުނަނީ ޓްރޮފީ ވަގަށް ނަގާފައިވާ ކަމަށާއި، މިހާރުގެ ވެރިފަރާތަށް އެ ޓްރޮފީ ވިއްކުމުގެ ހައްގު ނެތް ކަމަށެވެ.

އެ މައްސަލާގައި ޓްރޮފީގެ މިހާރުގެ ވެރި ފަރާތް ކަމަށްވާ ބެންޗައިބްގެ ޤާނޫނީ ވަކީލު ވިދާޅުވީ ޓްރޮފީގެ މިހާރުގެ ވެރިފަރާތް ކަމަށްވާ، ބެންޗައިބް އަކީ ހެޔޮ ނިޔަތުގައި މަސައްކަތް ކުރާ މީހެއް ކަމަށް ކޯޓުން ގަބޫލުކުރާ ކަމަށެވެ. ބެންޗައިބް ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ތަށި ގަތްއިރު، އެއީ ވަގަށް ނަގާފައިވާ އެއްޗެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އިތުރަށް ވަކީލް ވިދާޅުވީ ޝަރީއަތަށް އެ މައްސަލަ ހުށަހެޅުމާ ގުޅިގެން އޭނާ އާއި އޭނާގެ މުވައްކިލުން ތިބީ ހައިރާންވެ، ދެރަވެފައި ކަމަށެވެ.

އަންނަ ބުރާސްފަތި ދުވަހު ޕެރިހުގައި ހުންނަ އަގުޓްސް ނީލަމުގެ ގޭގައި މި ޓްރޮފީ ހަތިޔާރުގެ ދަށަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ޓްރޮފީ އެތައް ގުނަ ބޮޑު އަގެއްގައި ވިއްކާނެ ކަމަށް ބެލެވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް