ކ. މާލެ
|
9 މެއި 2021 | އާދީއްތަ 17:02
ސާދިގު ޚާން - ލަންޑަނުގެ ރައްޔިތުން އިތުބާރު ކުރީތީ ޝުކުރުކުރާ ކަމަށް ވިދާޅުވި
ސާދިގު ޚާން - ލަންޑަނުގެ ރައްޔިތުން އިތުބާރު ކުރީތީ ޝުކުރުކުރާ ކަމަށް ވިދާޅުވި
އަލްޖަޒީރާ
ލަންޑަނުގެ މޭޔަރު
ލަންޑަނުގެ މޭޔަރުކަމަށް އަނެއްކާވެސް ސާދިގު ޚާން
ލަންޑަނުގެ މޭޔަރުކަމަށް ހޮވިވަޑައިގެންނެވީ 55.2 ޕަސެންޓު ވޯޓުން
މިއީ މޭޔަރު ކަމަށް ޚާން އިންތިޚާބުވެވަޑައިގެންނެވި ދެ ވަނަ ފަހަރު

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ މޭޔަރު ކަމަށް ސާދިގު ޚާން އަނެއްކާވެސް އިންތިޚާބު ވެއްޖެއެވެ.

މިއީ އޭނާ މި މަގާމާށް އިންތިޚާބުވި ދެވަނަ ފަަހަރެވެ. އިނގިރޭސި ލޭބަރ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ސާދިގު ޚާން ދެ ވަނަ ފަހަރަށް ލަންޑަންގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވީ ކޮންޒަވޭޓިވް ޕާޓީގެ ޝޯން ބެއިލީއާ ވާދަކުރައްވައިގެންނެވެ. ކޮންޒަރވެޓިވް ޕާޓީއަކީ އިނގިރޭސިވިލާތުގެ ވެރިކަން މިވަގުތު ކުރަމުންދާ ޕާޓީއެވެ. ބޮޑުވަޒީރު ބޮރިސް ޖޮންސަންގެ ޕާޓީއެވެ، ސާދިގް ޚާން ހޮވިވަޑައިގެންނެވީ 55.2 ޕަސެންޓު ވޯޓާއެކުގައެވެ.

އިންތިހާބުގެ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް އެކަށީގެންވާ މެޖޯރިޓީއެއް ނުލިބެއެވެ. އެހެންވެ ދެ ވަނަ ބުރުގައި ވާދަކުރެއްވީ އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންނެވެ.

ކުރިން ޕާރލިމެންޓު މެމްބަރުކަން ކުރައްވާފައިވާ ސާދިގު ޚާނަކީ ޔޫރަޕް ގައުމެއްގެ ވެރިކަން ކުރާ ރަށުގެ މޭޔަރުކަން ލިބިވަޑައިގެންނެވި ފުރަތަމަ މުސްލިމެވެ. އޭނާ އެންމެ ފުރަތަމަ ހޮވިވަޑައިގެންނެވީ 2016ގައެވެ.

ދެ ވަނަ ފަހަރަށް އިންތިޚާބުވެ ވަޑައިގެންނެވުމުން ލަންޑަން ސިޓީ ހޯލްގައި ހުންނަވައިގެން ސާދިގް ޚާން ވިދާޅުވީ އެ ސިޓީއަށް "ރަނގަޅު، ފާގަތި ކުރިމަގެއް ބިނާކުރަން" ދެންވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އުމުރުން 50 އަހަރުގެ ޚާން ވިދާޅުވީ، މޭޔަރު ކަމުގެ ދެވަނަ ދައުރުގައި މަސައްކަތްކުރައްވާނީ، އެކި ކޮމިއުނިޓީތައް ގުޅުވައިދިނުމަށް ކަމަށެވެ.

- ކޮމެންޓް