ކ. މާލެ
|
22 އޮކްޓޯބަރ 2024 | އަންގާރަ 22:13
 ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ
މޯލްޑިވްސް ކަސްޓަމްސް ސާރވިސް
ޑޮލަރު ބޭރުކުރުން
ގަވައިދާ ހިލާފަށް 3 ލައްކައަށްވުރެ ގިނަ ޑޮލަރު ބޭރުކުރަން އުޅުނު: ދިޔާނާ
ނަގުދު ފައިސާ ރިޕޯޓުކުރުމުގެ ޤަވައިދާ ޚިލާފްވި 5 މީހެއްގެ މައްސަލަ ތަހުގީގުކޮށްފައިވޭ

ރާއްޖެއަށް އެތެރެކުރާ ނުވަތަ ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓުކުރުމުގެ ޤަވައިދާ ޚިލާފްވި 5 މީހެއްގެ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވާ ދިޔާނާ ވަނީ 17 ނޮވެމްބަރު 2023ން ފެށިގެން މިއަދާ ހަމައަށް މަސްތުވާތަކެތީގެ 62 މައްސަލަ ރެކޯޑް ކުރެވިފައިވާ ކަމަށާއި އަދި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 114 ކިލޯއަށް އަރާ ކަމަށް ވިދާޅުވެފައެވެ.

އަދި މި މައްސަލަތައް ތަހުގީގުކުރުމަށްޓަކައި ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށާއި ރާއްޖެއަށް އެތެރެކުރާ ނުވަތަ ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓުކުރުމުގެ ޤަވައިދާ ޚިލާފްވި 5 މީހެއްގެ މައްސަލަ ތަހުގީގުކޮށްފައި ކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.

މި ކޭސްތަކުގެ ޖުމްލަ އަދަދަކީ 320,171.29 ޑޮލަރު. މި މައްސަލަތަކުގައި ބަންގްލަދޭޝްގެ ތިން މީހަކާއި އިންޑިއާ މީހެއްގެ އިތުރުން ސްރިލަންކާ މީހެއް ހިމެނޭ.
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ

ދިޔާނާ ވިދާޅުވީ ކަސްޓަމްސް އިން ރަލުގެ ބާވަތްތައް ދޫކުރާ ސަފާރީތަކުން އަމަލު ކުރަނީ ޤާނޫނާއި ޤަވައިދާ އެއްގޮތަށްތޯ ބެލުމަށްޓަކައި ސަފާރީތައް ބަލާފާސްކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.

އެގޮތުން ޤަވައިދާ ޚިލާފްވެގެން 6 ސަފާރީއެއް ޖޫރިމަނާކޮށް އެ މައްސަލަތައް ދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.

މި 06 ސަފާރީ ޖޫރިމަނާކުރީ ސަފާރީތަކަށް ދޫކުރާ ޓްރެވެލިންގ ޕާމިޓާއި ޚިލާފުވެފައިވާތީ އާއި ޓްރެކިންގ ޑިވައިސް ނިއްވާފަ ބެހެއްޓުމާއި އަދި ޤަވައިދާ ޚިލާފަށް ސަފާރީއަށް މީހުން އަރާ ފޭބުމާ ގުޅިގެން ކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.


Advertisement
- ކޮމެންޓް