ކ. މާލެ
|
5 ޖުލައި 2024 | ހުކުރު 22:04
އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ
އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ
ރޮއިޓާސް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
ޑޭވިޑް ލެވީ އިނގިރޭސި ވިލާތުގެ ޚާރިޖީ ވަޒީރު ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަތީ ހުކުރު ދުވަހުއެވެ.

ގާޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ބައިނަލް އަގްވާމީ މުޖަތަމައުން ކުރަމުންދާ މަސައްކައްތައް ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށް އިނގިރޭސި ވިލާތުގެ އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

އިނގިރޭސި ޚާރިޖީ ވަޒީރު ކަމުގެ މަގާމް ހުކުރު ދުވަހު ލިބިވަޑައިގެންނެވި ޑޭވިޑް ލެމީ މަގާމާ ހަވާލުވެ ވަޑައިތުމަށް ފަހު އިނގިރޭސި މީޑިއާ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ، ގާޒާގައި ހިންގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ބައިނަލް އަގްވާމީ މުޖްތަމައުން ގޮވާލައިފައިވާ ގޮވާލުން ވަގުތުން ތަންފީޒް ކުރަން ޖެހޭ ކަމުގައެވެ. އެކަމަށް ޓަކައި ވަރުބަލިވުމެއް ނެތި ޑިޕްލޮމެޓިކް މަސައްކަތް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ ހަމާސް އިން ހައްޔަރު ކޮށްފައިވާ އިޒްރޭލުގެ ރަހީނުން މިނިވަން ކުރުމަށް ކުރަން ޖެހޭ މަސައްކަތް އެކުއެކީ ކުރިއަށް ގެންދަން ޖެހޭ ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް