ކ. މާލެ
|
7 ނޮވެންބަރ 2024 | ބުރާސްފަތި 13:14
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ދުންޔާޒް
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ދުންޔާޒް
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)
ޤައުމީ ބިލިއާޑް މުބާރާތް
ޤައުމީ ބިލިއާޑް މުބާރާތް ކާމިޔާބު ކުރީ ދުންޔާޒް އަދި ފާތީ
މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓުގެ ފައިނަލްގައި ޙުސެއިން ފަޔާޒްއާ ވާދަކޮށް، ދުންޔާޒް ފައިނަލް މެޗު ކާމިޔާބު ކުރީ 11-7 އިންނެވެ. އަދި އަންހެން ސިންގަލްސް އިވެންޓުގެ ފައިނަލްގައި ފާތީ ވަނީ ފަޤީހާ އިބްރާހީމްގެ މައްޗަށް 7-5 އިން ކުރި ހޯދައިފަ އެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ކުރިއަށް ގެންދިޔަ ޤައުމީ ބިލިއާޑް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން މުޙައްމަދު ދުންޔާޒް ހޯދިއިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އައިމިނަތު ފާތީ ހޯދައިފި އެވެ.

މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓުގެ ފައިނަލްގައި ޙުސެއިން ފަޔާޒްއާ ވާދަކޮށް، ދުންޔާޒް ފައިނަލް މެޗު ކާމިޔާބު ކުރީ 11-7 އިންނެވެ. އަދި އަންހެން ސިންގަލްސް އިވެންޓުގެ ފައިނަލްގައި ފާތީ ވަނީ ފަޤީހާ އިބްރާހީމްގެ މައްޗަށް 7-5ން ކުރި ހޯދައިފަ އެވެ.

މުބާރާޔުގެ ފިރިހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ މުޙައްމަދު ސަމީރު އަދި މުޙައްމަދު ޝަރީފުގެ ޕެއާ އެވެ. ފައިނަލްގައި ޢަބްދުﷲ ޢަފީފް އަދި އިސްމާއީލް ސުވައިދުގެ ޕެއާގެ މައްޗަށް 9-8 އިން ކުރި ހޯދައި، ސަމީރު އަދި ޝަރީފް ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.

އަންހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އައިޝަތު ޔަޝްފާ އަދި ދީނާ އަޙުމަދުގެ ޕެއާ އެވެ. އެ ޕެއާ އިން ވަނީ ފައިނަލްގައި އައިމިނަތު ފާތީ އަދި އައިޝަތު އަލީގެ ޕެއާގެ މައްޗަށް 7-5 އިން ކުރި ހޯދައިފަ އެވެ. މީގެ އިތުރުން މިކްސް ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ޙަސަން ޝާޒު މުޙައްމަދު އަދި އައިމިނަތު އަޒްރާ އެވެ. އެއީ ފައިނަލްގައި މުހައްމަދު އަކްޝަން ވަޙީދު އަދި ދީނާ އަޙުމަދުގެ ޕެއާ 7-6 އިން ބަލިކޮށްގެންނެވެ.

މިއަހަރުގެ މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ދިވެހި ސިފައިންގެ ކުލަބުންނެވެ. އެއީ ފައިނަލްގައި ލޮރެންޒޯ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

- ކޮމެންޓް