މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން ބާއްވާ 10 ވަނަ އިންޓަ އޮފީސް ބިލިއާޑް މުބާރާތް ފަށައިފިއެވެ.
ބުރާސްފަތި ދުވަހު މުބާރާތް ފަށާފައިވާއިރު ފުރަތަމަ ހަތަރު ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ސިންގަލްސް އިވެންޓުތަކެވެ. ޓީމު އިވެންޓުތަކުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.
މުބާރާތް ފެށި ދުވަހު ފިރިހެން ސިންގަލްސް އިވެންޓުގެ 40 މެޗު އަދި އަންހެން ސިންގަލްސް އިވެންޓުގެ ހަ މެޗު ކުޅެފައިވެއެވެ. އަންހެން ސިންގަލްސް އިން ކުޅެފައިވަނީ ފުރަތަމަ ރައުންޑުގެ ދެ މެޗާއި ދެވަނަ ރައުންޑުގެ ހަތަރު މެޗެވެ. އަދި ފިރިހެން ސިންގަލްސް ފުރަތަމަ ރައުންޑުގެ 29 މެޗާއި ދެވަނަ ރައުންޑުގެ 11 މެޗު ކުޅެފައިވެއެވެ.
މި އަހަރުގެ މުބާރާތުގެ ފިރިހެން ޓީމު އިވެންޓުގައި ޖުމްލަ 13 އޮފީހަކުން ވަނީ ބައިވެރިވެފައެވެ. އަދި އަންހެން ޓިމު އިވެންޓުގައި ފަސް އޮފީހަކުން ވަނީ ބައިވެރިވެފައެވެ.
ޖޫން 12 އިން 18 އަށް ކުރިޔަށްދާ މި މުބާރާތުގެ ސިންގަލްސް މެޗުތައް ފެށޭނީ 19:00 ގައެވެ.