ކ. މާލެ
|
11 ޖޫން 2023 | އާދީއްތަ 17:20
އިންޓަ އޮފިސް މުބާރާތުގެ ތެރެއިން
އިންޓަ އޮފިސް މުބާރާތުގެ ތެރެއިން
ބިލިއާޑް އެސޯސިއޭޝަން
އިންޓަރ އޮފީސް ބިލިއާޑް މުބާރާތް
އިންޓަރ އޮފީސް މުބާރާތުގެ ސިންގަލްސް ފައިނަލް މިރޭ
މި މުބާރާތުގެ ޓީމު އިވެންޓު ފެށުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން ބާއްވާ 10 ވަނަ އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގެ ސިންގަލްސް އިވެންޓުތަކުން ފައިނަލުގައި ކުޅޭނެ ބައިވެރިން ކަށަވަރުވެއްޖެއެވެ.

މި މުބާރާތުގެ ފިރިހެން ސިންގަލްސްގެ ބައިން ފައިނަލަށް ދަތުރުކޮށްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދެ ބައިވެރިން ކަމަށްވާ އަބްދުﷲ އަފީފް އަދި މުހައްމަދު ދުންޔާޒް އެވެ. ފައިނަލުގެ ފުރަތަމަ ޖާގަ އަފީފް ހޯދާފައިވަނީ ސެމީގައި އެމްއެންޑީއެފްގެ ފަތުހުﷲ ޖަމީލްގެ މައްޗަށް 7-4 ގެ ނަތީޖާ އަކުން ކުރިހޯދައިގެނެވެ. ދުންޔާޒް ފައިނަަލަށް ދަތުރުކުރީ 7-5 ގެ ނަތީޖާއަކުން އެމްޕީއެލްގެ އިސްމާއިލް ޖީހާން ބަލިކުރުމަށްފަހުއެވެ.

އަންހެން ސިންގަލްސްގެ ފައިނަލުން ޖާގަ ހޯދީ ރައީސް އޮފީހުގެ ފަގީހާ އިބްރާހިމް އަދި ކަސްޓަމްސް ރިކްރިއޭޝަން ކުލަބުގެ އާމިނަތު ހަލީމްއެވެ. ކަސްޓަމްސްގެ އާމިނަތު ހަލީމް ވަނީ ސެމީގައި ރައީސް އޮފީހުގެ ފާތިމަތު އުރައިބާ އާސިފް 5-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އަދި ފަގީހާ ފައިނަލަށް ދަތުރުކުރީ ސެމީގައި ދިރާގުގެ އާމިނަތު ލީނާ ކައިރިން 5-2 ގެ ނަތީޖާއަކުން މޮޅުވެގެނެވެ.

އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލް ކުޅޭނީ މިރޭ 20:00 ގައެވެ. އަދި ފިރިހެން ފައިނަލް ފަށާނީ 21:00 ގައެވެ. މި މުބާރާތުގެ ޓީމު އިވެންޓު ފެށުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުއެވެ.

- ކޮމެންޓް