ކ. މާލެ
|
17 ނޮވެންބަރ 2024 | އާދީއްތަ 12:51
2012 ފެބްރުއަރީ 15 ގައި އިޒްރޭލުގެ ދެކުނުގައިވާ އީލަތް ސިޓީގެ ބަނދަރުގައި ކާރުތަކެއް ޕާކުކޮށްފައި. މި ބަނދަރަކީ މިޞްރުގެ ސަރަޙައްދީ ބޯޑަރާ ކައިރީގައި އޮންނަ ބަނދަރެއް
2012 ފެބްރުއަރީ 15 ގައި އިޒްރޭލުގެ ދެކުނުގައިވާ އީލަތް ސިޓީގެ ބަނދަރުގައި ކާރުތަކެއް ޕާކުކޮށްފައި. މި ބަނދަރަކީ މިޞްރުގެ ސަރަޙައްދީ ބޯޑަރާ ކައިރީގައި އޮންނަ ބަނދަރެއް
ގެޓީ އިމޭޖަސް
އިޒްރޭލް - ޔަމަން ހަނގުރާމަ
އިޒްރޭލުގެ 'މުހިއްމު ތަނަކަށް' ހަމަލާދީފި ކަމަށް ހޫތީން ބުނެފި
މިއީ ފަލަސްތީން ރައްޔިތުންނާ އެއްބައިވަންތަކަން ހާމަ ކުރުމަށް ދޭ ހަމަލާތަކެއް ކަމަށްވެސް ހޫތީން ބުނެއެވެ.

ޔަމަނުގެ ހޫތީ ބާރުތަކުން އިޒްރޭލުގެ މުހިއްމު ތަނަކަށް ހަމަލާދީފައިވާ ކަމަށް އެ ޖަމާއަތުގެ އަސްކަރީ ތަރުޖަމާނު ބުނެފިއެވެ.

ހޫތީގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ހޮނިހިރު ދުވަހު ބުނެފައިވަނީ، ރަތް ކަނޑުގެ ބަނދަރު ސިޓީ އީލަތުގައި ހުރި 'މުހިންމު ތަނަކަށް' އެތަށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

"މި ހަމަލާތައް ހުއްޓާލާނީ އިޒްރޭލުގެ އަނިޔާވެރިކަމާއި، ޣައްޒާގައި ހިސާރުކޮށްފައި ހުރި ތަންތަން ދޫކޮށްލައި، ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓުމުން،" ކަމަށް ސަރީ އިތުރަށް ބުނެފައިވެއެވެ.

ޙޫތީން ގެންދަނީ ރަތްކަނޑާއި އަދަނުގެ ސަރަހައްދުން ދަތުރުކުރާ އާގު ބޯޓުފަހަރަށާއި ތެޔޮ ޓޭންކަރުތަކަށްވެސް ހަމަލާދެމުންނެވެ. ހޫތީން ބުނަމުން އަންނަނީ ޣައްޒާގައި އިޒްރޭލުން ހިންގާ އުދުވާންތައް ހުއްޓާނުލާހާ ހިނދަކު އެ ސަރަހައްދު ތަކުން ދަތުރުކުރާ އިޒްރޭލާ އެމެރިކާ އާއި ގުޅުން ހުރި އުޅަނދުތަކަށް ހަމަލާ ދޭނެ ކަމުގައެވެ.

މިއީ ފަލަސްތީން ރައްޔިތުންނާ އެއްބައިވަންތަކަން ހާމަ ކުރުމަށް ދޭ ހަމަލާތަކެއް ކަމަށްވެސް ހޫތީން ބުނެއެވެ.

ގިނަ އަދަދެއްގެ އާގުބޯޓުފަހަރަށާއި ޓޭންކަރުތަކަށް ހޫދީން މިހާތަނަށް ހަމަލާދީފައިވުމާއެކު، ދުނިޔޭގެ ވިޔާފާރީގެ މުހިންމު ރޫޓެއްގެ ދަތުރުފަތުރަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

- ކޮމެންޓް