Advertisement
ކ. މާލެ
|
10 ނޮވެންބަރ 2025 | ހޯމަ 06:14
2014 ވަނަ އަހަރުގެ ހަމާސް އިސްރާއިލް ހަނގުރާމައިގައި މަރުވި އިސްރާއިލުގެ އޮފިސަރު
2014 ވަނަ އަހަރުގެ ހަމާސް އިސްރާއިލް ހަނގުރާމައިގައި މަރުވި އިސްރާއިލުގެ އޮފިސަރު
އޭޕީ
އިސްރާއީލް
2014 ވަނަ އަހަރު މަރާލި އިސްރާއިލުގެ ސިފައިންގެ މީހެއް ހަށިގަނޑު ހަވާލުކުރާނެ ކަމަށް ހަމާސްއިން ބުނެފި
އިސްރާއީލުގެ އަސްކަރިއްޔާގެ އޮފިސަރެއް ކަމަށްވާ ގޯލްޑިން މަރާލީ 2014 ވަނަ އަހަރު އިސްރާއީލާއި ހަމާސް ހަނގުރާމައިގައި ރަފަހުގައި ދިން ހަމަލާއެއްގައި ފަލަސްތީނުގެ ހަނގުރާމަވެރިންނެވެ.

2014 ވަނަ އަހަރު މަރާލި އިސްރާއިލުގެ ސިފައިންގެ މީހެ ކަމަށްވާ ހަދަރ ގޯލްޑިންގެ ހަށިގަނޑު ހަވާލުކުރާނެ ކަމަށް ހަމާސްއިން ބުނެފި އެވެ.

އަލްއަރަބިއްޔާގައި ރިޕޯޓްކޮށްފައިވާ ގޮތުން އޭނާ މަރާލީ 2014 ވަނަ އަހަރު އިސްރާއިލާއި ހަމާސްއާއި ދެމެދު ކުރި ހަނގުރާމައިގަ އެވެ. ހަމާސް އިން ބުނީ އޭނާގެ ހަށިގަނޑު އޮތީ ރަފަހުގައި ހުރި ޓަނަލްއެއްގައި ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ އޮފިސަރެއް ކަމަށްވާ ގޯލްޑިން މަރާލީ 2014 ވަނަ އަހަރު އިސްރާއީލާއި ހަމާސް ހަނގުރާމައިގައި ރަފަހުގައި ދިން ހަމަލާއެއްގައި ފަލަސްތީނުގެ ހަނގުރާމަވެރިންނެވެ.

އޮކްޓޯބަރު މަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަމާސްއިން ވަނީ އެ ޖަމާއަތުން އިސްރާއީލަށް ހަމަލާދިން ފަހުން ޣައްޒާގައި ހިފަހައްޓާފައިވާ ދިރިތިބި 20 ރަހީނުން ހަވާލުކޮށް، އޭގެ ބަދަލުގައި އިސްރާއީލުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ ކުށްވެރިންނާއި ހަނގުރާމައިގެ ދުވަސްވަރު ބަންދުގައި ތިބި ގާތްގަނޑަކަށް 2،000 މީހުން މިނިވަން ކޮށްފަ އެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި، ހަނގުރާމަވެރިންގެ 360 މީހުންގެ ހަށިގަނޑުގެ ބަދަލުގައި މަރުވި 28 ރަހީނެއްގެ ހަށިގަނޑު އަނބުރާ ގެންދިއުން ހިމަނާފައިވެ އެވެ.

މިހާތަނަށް ފަލަސްތީނުގެ 300 މީހުންގެ ހަށިގަނޑެއްގެ ބަދަލުގައި 23 ރަހީނެއްގެ ހަށިގަނޑު އަނބުރާ ފޮނުވާފައިވެ އެވެ.

- ކޮމެންޓް