Advertisement
ކ. މާލެ
|
24 އޯގަސްޓް 2024 | ހޮނިހިރު 18:39
އައިޝަތު ނޫރައްދީން
އައިޝަތު ނޫރައްދީން
އަވަސް
ބީއެމްއެލްގެ ހިންގުން
ނެތް ބާރެއްގެ ބޭނުންކޮށްގެން ޕީސީބީން ބީއެމްއެލްގެ ބޯޑުން އައިޝަތު ނޫރައްދީން ވަކިކޮށްފި
ބޭންކުގެ ބޯޑް ޑިރެކްޓަރުން ވަކިކުރެވެނީ ހިއްސާދާރުންގެ އާންމު ޖަލްސާއަކުން

އުސޫލާއި ޚިލާފަށް ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން އެ ބޭންކުގެ ބޯޑު މެންބަރުންކަމުން ވަކިކޮށްފިއެވެ.

42 އަހަރު ބީއެމްއެލްގައި ޚިދުމަޔް ކުރައްވާފައިވާ އައިޝަތު ނޫރައްދީން ބޭންކުގެ ބޯޑުން ވަކިކުރިކަން އޭނާއަށް އަންގާފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ.

އޭނާ ވަކިކުރިކަން އޭނާ އަށް އެންގީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ންނެވެ.

Advertisement

އޭނާ ވަކިކުރި ކަމަށް ޕީސީބީން އެންގި ނަމަވެސް ބީއެމްއެލް އަކީ އާންމު ރައްޔިތުންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާތީ އެ ބޭންކުގެ ބޯޑް ޑިރެކްޓަރުން ވަކިކުރެވެނީ ހިއްސާދާރުންގެ އާންމު ޖަލްސާއަކުންކަން ފާހަގަކޮށްލެވެއެވެ.

ނޫރައްދީން މަޤާމުން ވަކިކޮށްފައިވާ އިރު މި އަހަރުގެ ޖެނުއަރީގައި ވެސް ޕީސީބީން ވަނީ ބީއެމްއެލްގެ ފަސް ޑިރެކްޓަރަކު މަގާމުން ވަކިކުރައްވާފައެވެ. އޭރު ވެސް ޕީސީބީން އެ ބޭފުޅުން ވަކި ކުރީ ނެތް ބާރެއްގެ ބޭނުންކޮށްގެން ކަމަށް އާއްމުން ތުހުމަތުކުރަން ފެށުމުން އަލުން އެ 5 ބޭފުޅުން ބޯޑަށް އައްޔަންކުރިއެވެ. އޭގެ ފަހުން އެ ބޭފުޅުން ފަހުން ވަކިކޮށްފައި ވަނީ ހިއްސާދާރުންގެ އާންމު ޖަލްސާއަކުންނެވެ.

ބީއެމްއެލްގެ ޑިޕިއުޓީ ސީއީއޯ ބޯޑު މެމްބަރުކަމުން ވަކިކޮށްފައި މި ވަނީ ބީއެމްއެލްއަށް ޑޮލަރު ލިބޭވަރު މަދުވުމާއި އެކު ބޭންކުގެ ކާޑުތަކުން ބޭރުގައި ވިޔަފާރި ކުރުމުގެ ގޮތުން ދީފައިވާ ލިމިޓްތައް ކުޑަކުރަން މަޖުބޫރުވެފައިވާ ދަނޑިވަޅެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް