ކ. މާލެ
|
10 ޖޫން 2024 | ހޯމަ 12:00
މެޗުގައި ލަނޑު ޖެހުމަށްފަހު އާޖެންޓީނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އާޖެންޓީނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާރސް
ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗު
އާޖެންޓީނާ އިން އެކުއެޑޯ ބަލިކޮށްފި
ކެޕްޓަން ލިއޮނަލް މެސީ ކުޅުނު ނަމަވެސް، މެޗުގައި ކޯޗު އޭނާ އަށް ފުރުސަތު ދިނީ ބެންޗުން

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި އެކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗު އާޖެންޓީނާ އިން ކާމިޔާބު ކޮށްފި އެވެ.

ހޯމަ ދުވަހު އެކުއެޑޯއާ ދެކޮޅަށް އާޖެންޓީނާ އިން ކުޅުނު މެޗަކީ، މި މަހު ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ރަޙުމަތްތެރިކަމުގެ މެޗެކެވެ. ކޮޕާ އެމެރިކާގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން، އެކުއެޑޯގެ މައްޗަށް ކުރި ހޯދީ 1-0ންނެވެ.

މެޗުގައި އާޖެންޓީނާގެ މުހިއްމު ގިނަ ކުޅުންތެރިން ވަނީ ކުޅެފަ އެވެ. މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކުޅުނު ނަމަވެސް، މެޗުގައި ކޯޗު އޭނާ އަށް ފުރުސަތު ދިނީ ބެންޗުންނެވެ. މެޗުގައި އާޖެންޓީނާ އިން ޖެހި ހަމައެކަނި ލަނޑަކީ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި އެންހެލް ޑި މާރިއާ ޖެހި ލަނޑެކެވެ. މިއީ ޑި މާރިއާ އާޖެންޓީނާގެ ޤައުމީ ޓީމަށް ކުޅެދިން 140 ވަނަ މެޗެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޑި މާރިއާގެ ބަދަލުގައި މެސީ ވަނީ ކުޅެން ނިކުމެފަ އެވެ. މެޗުގައި އާޖެންޓީނާ އިން ރަނގަޅަށް ކުޅުނުއިރު، އެ ޓީމުން ވަނީ އިތުރު ލަނޑު ޖަހާނެ ފުރުސަތު ވެސް ތަނަވަސްކޮށްފަ އެވެ. ނަމަވެސް އެ ޓީމަށް ލިބުނު އިތުރު ފުރުސަތުތައް އެންމެ އެދެވޭ ގޮތުގައި ނިންމާލެވިފައެއް ނުވެ އެވެ.

ކޮޕާ އެމެރިކާ ފެށުމުގެ ކުރިން އާޖެންޓީނާ އިން ރަޙުމަތްތެރިކަމުގެ އެއް މެޗު އަދި ކުޅޭނެ އެވެ. މި މަހުގެ 15 ވަނަ ދުވަހު އާޖެންޓީނާ އިން ނިކުންނާނީ ގުއާޓްމަލާއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
0%
0%
0%
0%
0%
0%
ކޮމެންޓް