ކ. މާލެ
|
14 ޖެނުއަރީ 2024 | އާދީއްތަ 19:04
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
 
މިއީ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ
 
އެ ޖަލްސާ އޮންނާނީ ފެބްރުއަރީ 5ގެ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީހުގައި

‎ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި ބާއްވަން ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ 5 ފެބުރުވަރީ 2024 ވާ ހޯމަ ދުވަހުގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު އަސްލަމް ނިންމަވައިފިއެވެ.

އެ ޖަލްސާ އޮންނާނީ އެެ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

މަޖިލީހުގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހިމެނެއެވެ. މެމްބަރުން ވަނީ މަޖިލިސް ޗުއްޓީ އަށް ދިއުމުގެ ކުރިން ވެސް ވަޒީރުންނަށް ރުހުން ދޭން މަސައްކަތް ކޮށްފައެވެ. ނަމަވެސް ކޮމިޓީ ރިޕޯޓް އެކުލަވާލާފައި އޮތް ގޮތުން އަލުން ރިޕޯޓް އެކުަލަވާލަން ޖެހުމުން އެ މަސައްކަތް ނިމިދިޔަ ދައުރުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭ ގޮތް ވަނީ ނުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް