ކ. މާލެ
|
23 މެއި 2024 | ބުރާސްފަތި 22:14
ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު އަލްސަން އަހުމަދު
ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު އަލްސަން އަހުމަދު
ޕީއެންސީ
ޕީއެންސީއަށް އިތުރު މެންބަރެއް ސޮއިކުރުން
ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެންބަރު އަލްސަންވެސް ޕީއެންސީ އަށް
 
ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގައި ތިއްބެވި މެންބަރުންގެ އަދަދު މިވަނީ 75ށް އަރާފައި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު އަލްސަން އަހުމަދު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.

ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އަލްސަން ޕީއެންސީ އަށް ސޮއިކުރައްވާ، ފޯމު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ހަވާލުކުރައްވާ ފޮޓޯ އާންމުކޮށްފައެވެ. އަލްސަން ޕީއެންސީ އަށް ސޮއިކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ މުލީއާގޭގައެވެ.

އަލްސަން ޕީއެންސީއާ ގުޅިވަޑައިގެންނެވިއިރު އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި ކުރެންދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޝާމިން ހަބީބު އާއި ނޮޅިވަރަމް ދާއިރާގެ އިންތިޚާބީ މެންބަރު މުހައްމަދު ރަޝީދު ވެސް ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބު ކުރެއްވި ހަ މެންބަރުން ވަނީ މީގެ ކުރިން ވެސް ޕީއެންސީއާ ގުޅިވަޑައިގަންނަވާފައެވެ.

އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ކުރިޔަށްދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީއަށް ކާމިޔާބުކުރެވުނީ 66 ގޮނޑިއެވެ. އޭގެފަހުން ސޮއިކުރެއްވި މެންބަރުންނާއެކު މިހާރު ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގައި ތިއްބެވި މެންބަރުންގެ އަދަދު މިވަނީ 75ށް އަރާފައެވެ. މީގެއިތުރުން ޖުމްހޫރީ ޕާޓީގެ މެންބަރާއި އެމްއެންޕީގެ މެންބަރަކާއި އެމްޑީއޭގެ ދެ މެންބަރުން ވެސް ގުނަނީ ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ ގޮތުގައެވެ. 

ވިހި ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް