މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މުވައްޒަފުންނަށް ދެމުން އައި "ޕްރޮޑަކްޓިވިޓީ އިންސެންޓިވް" މުވައްޒަފުންނަށް މަދުން ލިބޭގޮތަށް ބަދަލު ގެނެސްފިއެވެ.
ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޑިރެކްޓަރ ސޮއިކުރައްވާ މުވައްޒަފުންނަށް ނެރެފައިވާ އިންޓާނަލް މެމޯއެއްގައި ބުނެފައިވަނީ ފިކްސްޑް އެލަވަންސް އެއްގެ ގޮތުގައި ކޮންމެ މަހަކު ލިބެމުން އައި "ޕްރަޑަކްޓިވިޓީ އިންސެންޓިވް" މުރާޖައާ ކޮށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެމްއޭސީއެލް އިން މިގެނައި ބަދަލާ ގުޅިގެން، އެ އެލަނަވްސް ގެ 70 އިންސައްތަ ކަނޑައަޅާފައިވަނީ "ހާޒިރީ އެލަވަންސް" ގެ ގޮތުގައި އޮފީހަށް ނުކުންނަ ދުވަހު ދޭ އެލަވަންސެއްގެ ގޮތުގައެވެ. މީގެ އިތުރުން މި އިނާޔަތުގެ ގެ 30 އިން ސައްތަ "ޕްރޮޑަކްޓިވީ އެލަވަންސް" ގެ ގޮތުގައި ފިކްސްޑް އެލަވަންސެއް ކަމަށް ވަނީ ހަމަޖައްސާފައެވެ.
ކުރިން ދެމުން އައި ޕްރަޑަކްޓިވީ އިނާޔަތުގެ ގެ ބޮޑު ބައި ހާޒިރީ އެލަވަންސްގެ ގޮތުގައި ކަނޑައަޅާ ހާޒިރީ އެލަވަންސް ލިބޭނީ ހާޒިރުވާ ދުވަސްތަކަށް އެ ދުވަހެއްގެ ޑިއުޓީ ފުރިހަމަ އަށް އަދާ ކުރުމުން ކަމަށްވެސް ކުންފުނިން ވަނީ އަންގާފައެވެ.
ނޮވެމްބަރު 1، 2024 ވަނަ ދުވަހުން ފެށިގެން އެ ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށްވެސް އެމްއޭސީއެލް އިން މުވައްޒަފުންނަށް އަންގާފައިވެއެވެ.