ކ. މާލެ
|
20 ސެޕްޓެންބަރ 2023 | ބުދަ 12:15
ބީއެމްއެލް
ބީއެމްއެލް
ބީއެމްއެލް
ބީއެމްއެލް
ބީއެމްއެލް ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 4 ނޮވެމްބަރު ގެ ރޭގަނޑު 11:59

ބޭންކް އޮފް މޯލްޑިވްސްގެ ސްކޮލަރޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލް ސްކޮލަރޝިޕް ފަންޑަކީ ބޭންކިންގ އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމުގެ މަގުސަދުގައި ހުރިހާ ޚަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ. މި ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ 3 ދަރިވަރުންނަށް ބޭންކިންގ އެންޑް ފައިނޭންސްގެ ރޮނގުން އެކައުންޓިންގ، ފައިނޭންޝަލް ޓެކްނޮލަޖީ، ފައިނޭންޝަލް އިންޖިނިއަރިންގ، ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިންގ އެންޑް އެނަލެޓިކްސް ފަދަ ދާއިރާއަކުން އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ފަންޑަށް އެދި ހުށަހެޅޭނީ އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދު ދިވެހިންގެ ތެރެއިން އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ ފަރާތްތަކަށެވެ. މި ފަންޑުގެ ދަށުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ހަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މި ފަންޑަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު 4 ނޮވެމްބަރު 2023 ގެ ރޭގަނޑު 11:59 ގެ ކުރިން [email protected]އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ހުޅުވާލާ މި ފުރުސަތުގައި ޓައިމްސްގެ ހަޔަރ އެޑިއުކޭޝަން ޔނިވަރސިޓީ ރޭންކިންގ ގައިޑުގެ އެންމެ ޓޮޕް 200 ޔުނިވަރސިޓީގެ ތެރެއިން ޔުނިވަރސިޓީއެއްގައި ކިޔެވުމުގެ ފުރުސަތު ލިބޭނެއެވެ.

މި ފަންޑުގެ ޝަރުތުތަކާއި ދަރިވަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ބެހޭ މައުލޫމާތު ބޭންކުގެ ވެބްސައިޓް، https://www.bankofmaldives.com.mv/bml-scholarship-fund އިން ލިބޭނެއެވެ.

- ކޮމެންޓް