ކ. މާލެ
|
12 ޖޫން 2023 | ހޯމަ 15:25
އޭސީ މިލާންގެ ކުރީގެ އޯނަރު ބާލުސްކޯނީ
އޭސީ މިލާންގެ ކުރީގެ އޯނަރު ބާލުސްކޯނީ
ގޫގުލް
ބާލުސްކޯނީ އަވަހާރަވުން
އިޓަލީގެ ކުރީގެ ބޮޑު ވަޒީރު އަދި އޭސީ މިލާންގެ ކުރީގެ އޯނަރު ބާލުސްކޯނީ އަވަހާރަަވެއްޖެ
ބާލުސްކޯނީ އޭސީ މިލާން ދޫކޮށްލުމާ ހަމައަށް އެ ކުލަބުން ވަނީ 29 ތައްޓެއް ކާމިޔާބުކޮށްފަ

އިޓަލީގެ ކުރީގެ ބޮޑުވަޒީރު އަދި އިޓާލިއަން ލީގުގެ އޭސީ މިލާންގެ ކުރީގެ އޯނަރު ސިލްވިއޯ ބާލުސްކޯނީ އަވަހާރަވެއްޖެ އެވެ.

އުމުރުން 86 އަހަރުގައި ބާލުސްކޯނީ އަވަހާރަވެފައި ވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި ކަމަށް މީޑިއާތަކުން ބުނެ އެވެ. ބާލުސްލޯނީ ވަނީ އިޓަލީގެ ބޮޑުވަޒީރުކަން ހަތަރު ސަރުކާރެއްގައި އަދާކުރައްވައިފަ އެވެ. އެއީ1994 ން 1995 ށް، 2001 ން 2005ށް ، 2005 ން2006 ށް އަދި 2008 ން 2011 އަށެވެ. މީގެ އިތުރުން އޭނާ ވަނީ އިޓަލީގެ ޗެމްބާ އޮފް ޑެޕިއުޓީގެ މެމްބަރުކަން 1994 އިން 2013 އަށް އަދާކުރައްވާފަ އެވެ. އަދި ސެނެޓް އޮފް ދަ ރިޕަބްލިކްގެ މެމްބަރުކަން 2022 އިން 2023 އަށް އަދާކުރައްވާފަ އެވެ. ބާލުސްކޯނީ އަވަހާރަވީއިރު، އޭނާގެ ފަސް ބޭފުޅުން އެބަ ތިއްބެވިއެވެ.

ބާލުސްކޯނީ އަކީ އިޓަލީގައި ފާހަގަކޮށްލެވޭ މަހުޖަނެކެވެ. އޭނާ އަކީ ފިނިންވެސްޓް ކުންފުނީގެ އޯނަރު އަދި ފައުންޑަރެވެ. މީގެ އިތުރުން އިޓާލިއަން ލީގުގެ މޮންޒާގެ އޯނަރަކީ ވެސް ބާލުސްކޯނީ އެވެ. ބާލުސްކޯނީގެ މިލްކިއްޔާތުގައި ގާތްގަނޑަކަށް ހަތް ބިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ފުޓުބޯޅައާ ވެސް ގުޅިފައިވާ ބާލުސްކޯނީ އަކީ އިޓާލިއަން ލީގުގެ ގަދަ ބާރު، އޭސީ މިލާންގެ ކުރީގެ އޯނަރެވެ. އޭސީ މިލާންގެ އޯނަރުކަން އޭނާ ހޯދީ 1986 ވަނަ އަހަރު އެވެ. އޭގެ ފަހުން ބާލުސްކޯނީ އޭސީ މިލާން ދޫކޮށްލުމާ ހަމައަށް އެ ކުލަބުން ވަނީ 29 ތައްޓެއް ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް