ކ. މާލެ
|
29 އޭޕްރިލް 2023 | ހޮނިހިރު 14:19
ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުލަބު ޓީނޭޖް
ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުލަބު ޓީނޭޖް
ބައިބަލާ އެސޯސިއޭޝަން
ބައިބަލާ ޗެލެންޖު 1444
ހުޅުމާލެ ސްޕޯޓްސް ކުލަބު ބަލިކޮށް، ކުލަބު ޓީނޭޖުން ޗެމްޕިއަންކަން ހޯދައިފި
ފައިނަލްގައި ޓީނޭޖުން ހުޅުމާލެ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދީ ސީދާ ދެ ގޭމުން

ފައިނަލްގައި ހުޅުމާލެ ސްޕޯޓްސް ކުލަބު ބަލިކޮށް، އެމްޓީސީސީ ބައިބަލާ ޗެލެންޖު 1444ގެ ޗެމްޕިއަންކަން ކުލަބު ޓީނޭޖުން ހޯދައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު ފައިނަލްގައި ޓީނޭޖުން ހުޅުމާލެ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދީ ސީދާ ދެ ގޭމުންނެވެ. މެޗުގެ ފުރަތަމަ ގޭމު ޓީނޭޖުން ކާމިޔާބުކުރީ 14-5އިންނެވެ. ދެ ވަނަ ގޭމު ފަށައިގެން ކުރީގައި އޮތީ ހުޅުމާލެއެވެ. ނަމަވެސް ފަހު ވަގުތު ކުރި ހޯދައިގެން, 8-6ން ދެވަނަ ގޭމު ކާމިޔާބުކޮށް، ޓީނޭޖުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. ފައިނަލްގައި ޓީނޭޖުގެ އަހުމަދު މުހައްމަދު (އަންމަޑޭ)އާއި އަސްލަމް ވަހީދު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އަންމަޑޭއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އަންމަޑޭއާއި އަސްލަމްގެ އިތުރުން، ވީކޭ ސްޕޯޓްސްގެ މުހައްމަދު ނަޒީހު ހަނީފް، ޔުނައިޓެޑް އީސްޓް ކޯސްޓުގެ ޙަސަން މާހިރު (ހަންޓޭ) އަދި ހުޅުމާލެ ސްޕޯޓްސް ކްލަބްގެ އިބްރާހީމް ނިހާންއެވެ. މިއަހަރުގެ މިސްޓަރ ބައިބަލާއަކަށް ހޮވުނީ ހުޅުމާލެ ސްޕޯޓްސް ކުލަބުގެ ޝިރުހާން މުސްތަފާއެވެ.

މިއީ ޓީނޭޖުން ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހަތަރުވަނަ ފަހަރެވެ. އެ ޓީމު ވަނީ މީގެ ކުރިން 2001، 2004 އަދި 2017 ވަނަ އަހަރުވެސް މުބާރާތް ކާމިޔާބުކޮށްފައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 1 ލައްކަ ރުފިޔާ ދީފައެވެ.

- ކޮމެންޓް