ކ. މާލެ
|
13 މެއި 2022 | ހުކުރު 14:26
މުބާރާތުގެ ކުއާޓާ ފައިނަލުގެ ތެރެއިން
މުބާރާތުގެ ކުއާޓާ ފައިނަލުގެ ތެރެއިން
ބައިބަލާ އެސޯސިއޭޝަން
އީދު ބައިބަލާ ޗެލެންޖު 1443
ބައިބަލާ މުބާރާތް: އީގަލްސް، ޓީނޭޖް، ޓީސީ އަދި 010 ސެމީއަށް
ސެމީ ފައިނަލް މެޗުތައް އޮންނާނީ ހޮނިހިރު ދުވަހުގެރޭ 20:30 ގައި

މިހާރު ކުރިއަށްދާ އީދު ބައިބަލާ ޗެލެންޖު 1443ގެ ސެމީ ފައިނަލުގެ ޖާގަ ކްލަބް އީގަލްސް، ކްލަބް ޓީނޭޖް، ޓީސީ ސްޕޯޓްސް ކްލަބް އަދި ކްލަބް 010 އިން ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ޔަގީންވީ ބުރާސްފަތި ދުވަހުގެރޭ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުތަކަށްފަހުއެވެ. ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެލްޓީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސްއެވެ. މި މެޗު ސީދާ ދެގޭމުން ކާމިޔާބުކުރީ އީގަލްސްއެވެ. މެޗުގެ މޮޅުކުޅުންތެރިއަކީ އީގަލްސްގެ އިބްރާހިމް ޝަމީމްއެވެ.

ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި ބީޖީ ޖޫނިއަރ އާއި ވާދަކޮށް ޓީސީ ސްޕޯޓްސް ކްލަބް ކުރިހޯދީވެސް ސީދާ ދެގޭމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީސީގެ މުހައްމަދު އިކްރާމްއެވެ. ތިންވަނަ މެޗުގައި ޔުނައިޓެޑް އީސްޓް ކޯސްޓް ބަލިވީ ކްލަބް ޓީނޭޖް އަތުންނެވެ. ޓީނޭޖުން ސީދާ ދެސެޓުން މި މެޗު ކާމިޔާބު ކުރިއިރު، މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ އަސްލަމް ވަހީދުއެވެ.

ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ބައްދަލުކުރީ ކްލަބް 010 އާއި ބީޖީ ސްޕޯޓްސް ކްލަބެވެ. ކޮންމެ ޓީމަކުން ގޭމެއް ގެންގޮސް އެއްވަރުވުމުން މެޗުގެ ނަތީޖާ ނެރުނީ ގަދަ ހިފުމަކަށް ގޮސްގެންނެވެ. ގަދަ ހިފުން ކާމިޔާބުކޮށް ސެމީގެ ފަހު ޖާގަ ކަށަވަރުކުރީ 010 އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ 010 ގެ އަލީ ވިޖުހާންއެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ ހޮނިހިރު ދުވަހުގެރޭ 20:30 ގައި ހެންވޭރު ދޮންވެލި ބީޗުގައެވެ.

- ކޮމެންޓް