މިހާރު ކުރިއަށްދާ އީދު ބައިބަލާ ޗެލެންޖު 1443ގެ ގަދަ 16ށް ދަތުރުކުރި ޓީމުތައް ޔަގީންވެއްޖެއެވެ.
މުބާރާތުގެ ގަދަ 16ން ޖާގަ ހޯދާފައިވަނީ އެލްޓީ ސްޕޯޓްސް، ބީޖީ ނިއު ޖެނެރޭޝަން، ލޮރެންޒޯ ސްޕޯޓްސް ކްލަބް، ކްލަބް އީގަލްސް، ކްލަބް ޓީނޭޖް، ބުރު ސްޕޯޓްސް ކްލަބް، ޔުނައިޓެޑް އީސްޓް ކޯސްޓް، ޓީނޭޖް ޖޭއާރް، ޓީސީ ސްޕޯޓްސް ކްލަބް، ހުޅުމާލެ ސްޕޯޓްސް ކްލަބް، ބީޖީ ޖޭއާރް، މީޓް ދަ އީގަލްސް، ބީއޯބީ، ބީޖީ ސްޕޯޓްސް ކްލަބް، މަސްއޮޑި ވޯވޯ އަދި ކްލަބް އޯވަންއޯއެވެ.
މުބާރާތުގެ ދެވަނަރޭގެ މެޗުތަކަށް ބަލާއިރު، ބީޖީ ސްޕޯޓްސް ކްލަބް ވަނީ ބްރަދަރހުޑްއާ ވާދަކޮށް، ސީދާ 2 ގޭމުން މޮޅުވެފައެވެ. ބުރު ޕާކާ ވާދަކޮށް ޔުނައިޓެޑް އީސްޓް ކޯސްޓް މޮޅުވީވެސް ސީދާ ދެގޭމުންނެވެ. ބީޖީ ނިއު ޖެނެރޭޝަންއިން ރޮކް ސްޓްރީޓް ޒެޑްގެ މައްޗަށް ކުރިހޯދީވެސް ސީދާ 2 ގޭމުންނެވެ. ލޮރެންޒޯއާއި މަސްއޮޑި ވޯވޯ ބައްދަލުކުރި މެޗު ގަދަ ހިފުމަކަށް ގޮސްގެން މަސްއޮޑިން ކާމިޔާބުކުރީ ސީދާ 2 ގޭމުންނެވެ. 36 ޗެމްބަރސްއާ ވާދަކޮށް ސީދާ ދެ ގޭމުން މެޗު ކާމިޔާބުކުރީ ޓީނޭޖް ޖޭއާރްއެވެ. ޓީނޭޖް ވެޓެރަންސްއާ ވާދަކޮށް އެލްޓީ ސްޕޯޓްސްވެސް ވަނީ މެޗު ކާމިޔާބުކޮށްފައެވެ. ރޭ ކުޅުނު ފަހު މެޗު ލޮރެންޒޯއާ ވާދަކޮށް ކްލަބް އޯވަންއޯއިން ކާމިޔާބުކުރީވެސް ސީދާ ދެގޭމުންނެވެ.
ގަދަ 16ގައި ވާދަކުރާ ޓީމުތައް ޔަގީންވެފައި ވާއިރު މިރޭ ކުޅޭނީ ގަދަ 16ގެ 8 މެޗެވެ.
މިރޭ ކުޅުމަށް ހަމަޖެހިފައިވާ ގަދަ 16ގެ މެޗުތައް
- އެލްޓީ ސްޕޯޓްސް - ބީޖީ ނިއު ޖެނެރޭޝަން - 20:30
- ލޮރެންޒޯ ސްޕޯޓްސް ކްލަބް - ކްލަބް އީގަލްސް - 21:00
- ކްލަބް ޓީނޭޖް - ބުރު ސްޕޯޓްސް ކްލަބް - 21:30
- ޔުނައިޓެޑް އީސްޓް ކޯސްޓް - ޓީނޭޖް ޖޭއާރް - 22:00
- ޓީސީ ސްޕޯޓްސް ކްލަބް - ހުޅުމާލެ ސްޕޯޓްސް ކްލަބް - 22:30
- ބީޖީ ޖޭއާރް - މީޓް ދަ އީގަލްސް - 23:00
- ބީއޯބީ - ބީޖީ ސްޕޯޓްސް ކްލަބް - 23:30
- މަސްއޮޑި ވޯވޯ - ކްލަބް އޯވަންއޯ - 00:00