ކ. މާލެ
|
7 ފެބްރުއަރީ 2023 | އަންގާރަ 07:39
ޤައުމީ ބިލިއާޑް މުބާރާތުގެ ތެރެއިން
ޤައުމީ ބިލިއާޑް މުބާރާތުގެ ތެރެއިން
ބިލިއާޑް އެސޯސިއޭޝަން
ބިލިއާޑް
ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ފުރަތަމަ ބިލިއާޑް މުބާރާތް އޭޕްރީލް މަހު
މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހުގެ 22 އިން 26 އަށް

ބައިނަލްއަޤުވާމީ ބިލިއާޑް މުބާރާތެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

ނައިން ބޯލް އޭޝިއާ ޓުއާގައި ހިމެނޭ "މޯލްޑިވްސް އޯޕަން 2023" އަކީ މިއަހަރު ބާއްވާ އެ ޓުއާގެ ފުރަތަމަ މުބާރާތެވެ. މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހުގެ 22 އިން 26 އަށެވެ. ރާއްޖޭގައި ބާއްވާ މުބާރާތުން އެއް ވަނަ ހޯދާ ކުޅުންތެރިޔަކަށް ފައިސާގެ އިނާމުގެ ގޮތުގައި 30،000 އެމެރިކާ ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މުބާރާތުގެ ގަދަ 32 ގައި ހިމެނޭ ކުޅުންތެރިންނަށް ވެސް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ނައިން ބޯލް އޭޝިއާ ޓުއާގެ މުބާރާތެއް ސާކް ސަހައްދުގައި ވެސް ބާއްވާ ފުރަތަމަ ފަހަރެވެ.

މި މުބާރާތުގައި 64 ކުޅުންތެރިން ވާދަ ކުރާނެ އެވެ. އޭގެ ތެރެއިން 16 ކުޅުންތެރިންނަކީ ރާއްޖޭގެ ކުޅުންތެރިންނެވެ. މީގެ އިތުރުން އޭޝިއާ ރޭންކިންގެ އެންމެ ކުރީގައި ކުޅޭ 16 ކުޅުންތެރިޔަކަށް ވެސް ޖާގަ ލިބޭނެ އެވެ. ބާކީ 32 ޖާގަ ލިބޭނީ ކޮލިފައިން ކުޅުމަށްފަހު ހޮވޭ ކުޅުންތެރިންނަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ މާޗު މަހުގެ އެއް ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް