Advertisement
ކ. މާލެ
|
5 އޯގަސްޓް 2022 | ހުކުރު 22:40
ނާޒިމް ސައްތާރު
ނާޒިމް ސައްތާރު
އޭދަފުށި ޓައިމްސް
އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަތައް
ނާޒިމްގެ ބަންދަށް އިތުރު 7 ދުވަސް ޖަހައިފި
ނާޒިމްގެ ބަންދަށް 7 ދުވަސް ޖެހީ ކްރިމިނަލް ކޯޓުން

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ގާނޫނީ ވަކީލު، ނާޒިމް ސައްތާރުގެ ބަންދަށްް އިތުރު 7 ދުވަސް ޖަހައިފިއެވެ.

ބަންގަލްދޭޝްގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯއަކާއި ގުޅިގެން ނާޒިމް ހައްޔަރު ކުރީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އއ. ރަސްދޫ ކޯޓަށް ހާޒިރުކުރުމުން އެ ރަށު ކޯޓުން ވަނީ އޭނާގެ ބަންދަށް 7 ދުވަސް ޖަހާފައެވެ.

އެ ބަންދުގެ މުއްދަތު ހަމަވުމާއެކު ނާޒިމްގެ ބަންދަށް އިތުރު 7 ދުވަސް ޖަހައިފައިވަނީ ކްރިމިނަލް ކޯޓުންނެވެ.

Advertisement

އަލަމްގީރާއެކު ދިވެހިންތަކެއް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވެ، އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. މީގެ ތެރޭގައި ނާޒިމް ސައްތާރުގެ އިތުރުން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ކާނަލް މުޙައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއް ހިމެނެއެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް