Advertisement
ކ. މާލެ
|
10 އޮކްޓޯބަރ 2022 | ހޯމަ 07:15
ނާޒިމް ސައްތާރު
ނާޒިމް ސައްތާރު
އޭދަފުށި ޓައިމްސް
ބަދުއަޚުލާގީ ވީޑިއޯތަކުގެ މައްސަލަ
ނާޒިމުގެ މައްޗަށް ކަނޑައެޅި އަދަބު ދައުލަތުން އިސްތިއުނާފުކޮށްފި
ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރީ 3 މަހާއި 26 ދުވަހުގެ ގޭ ބަންދުގެ ހުކުމެއް

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އިއުތިރާފްވެފައިވާ ގާނޫނީ ވަކީލް ނާޒިމް ސައްތާރަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އަދަބުގެ ބައި ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.

އޭނާގެ އަދަބު އިސްތިއުނާފު ކުރުމަށް ދައުލަތުން ހައި ކޯޓަށް ހުށަހެޅީ އާދީއްތަ ދުވަހުއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު ބަދު އަޚުލާގީ އަމަލުތައް ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެ، ނާޒިމް ހައްޔަރުކޮށް ދައުވާ ކުރުމުން އޭނާ ވަނީ ބަދުއަޚުލާގީ އަމަލުތަކެއް ހިންގި ކަމަށް އިއުތިރާފުވެފައެވެ. އެއާއެކު އޭނާގެ މައްޗަށް ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން ހުކުމް ކުރީ 15 ސެޕްޓެމްބަރު 2022ގައެވެ.

Advertisement

ދައުލަތުން ނާޒިމުގެ މައްޗަށް އުފުލީ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ ސާބިތުވުމުން އޭނާގެ މައްޗަށް އިއްވީ 3 މަހާއި 26 ދުވަހުގެ ގޭ ބަންދުގެ ހުކުމެކެވެ.

އަދަބުގެ މިންވަރާ މެދު ހިތްހަމަ ނުޖެހޭނަމަ އެ އަދަބު އިސްތިއުނާފު ކުރުމުގެ ފުރުސަތު ގާނޫނުލްއުގޫބާތުގެ ތެރެއިން ލިބެއެވެ.

މި މައްސަލައިގައި ނާޒިމްގެ އިތުރުން އަލަމްގީރު އާއި އިތުރު މީހެއްގެ މައްޗަށް ވެސް ކުށްސާބިތުވެ ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެގޮތުން، ބަދު އަޚްލާގީ އަމަލުތައް ހިންގިކަމުގެ ކުށް ސާބިތުވެ އަލަމްގީރުގެ މައްޗަށް ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އޭނާއާއެކު ބަދު އަޚުލާގީ އަމަލު ހިންގި ކަމުގެ ކުށް ސާބިތުވި ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީއުގެ މައްޗަށް އިއްވާފައިވަނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް