Advertisement
ކ. މާލެ
|
9 ޖެނުއަރީ 2023 | ހޯމަ 15:49
ނާޒިމް ސައްތާރު
ނާޒިމް ސައްތާރު
އޭދަފުށި ޓައިމްސް
ނާޒިމް ސައްތާރު މިނިވަންވުން
ނާޒިމް ސައްތާރު މިނިވަންވެއްޖެ
ނާޒިމް ސައްތާރު 3 މަހާއި 21 ދުވަހަށް ގޭބަންދުކުރުމަށް ވަނީ ހުކުމްކޮށްފައި
އޭނާ ގޭބަންދުކުރުމަށް ހުކުމްކުރީ ސެޕްޓެމްބަރު 15 ގައި
މި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދައުވާކޮށްފައިވޭ

ބަދުއަޚުލާޤީ އަމަލު ހިންގިކަމަށް އެއްބަސްވެ އެ ކުށަށް ތައުބާވުމާއެކު ގޭބަންދުގެ ހުކުމް ކޮށްފައިވާ ގާނޫނީ ވަކީލު ނާޒިމް ސައްތާރު މިނިވަންވެއްޖެއެވެ.

ނާޒިމް ސައްތާރު 3 މަހާއި 21 ދުވަހަށް ބަންދުކުރަން ވަނީ ހުކުމްކޮށްފައެވެ. ކްރިމިނަލް ކޯޓުން މި ހުމްކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 15 ގައެވެ. މިހާރު މިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ބަންދުގެ މުއްދަތު ހަމަވެފައެވެ. އަދި އޭނާ ވަނީ މިނިވަންވެފައެވެ.

ބަންގްލަދޭޝް މީހެއްކަމަށްވާ އަލަމްގީރްއާއެކު ނާޒިމް ބަދުއަޚުލާޤީ އަމަލު ހިންގި މައްސަލައިގައި އޭނާ ވަނީ ކުށަށް އިއުތިރާފްވެ، މައާފަށް އެދިފައެވެ. ނާޒިމް ގޭގައި ބަންދުކުރުމަށް ހުކުމްކުރީ 2 މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމްކޮށް، އަދި ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ޖެހޭ 1 މަހާއި 28 ދުވަހުގެ ޖަލު ހުކުމްކޮށް ގޭބަންދުގެ އަދަބަކަށް ބަދަލުކުރުމަށްފަހުއެވެ.

ޖަލު ހުކުމް ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިފައިވާ އެދުމަށް ރިއާޔަތްކޮށް، ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރަން ހުކުމްކުރިއެވެ. ނާޒިމް ސައްތާރުގެ ކުށުގެ ރެކޯޑެއްވެސް ނެތެވެ.

Advertisement

ނާޒިމަށް މިފަދައިން ހުކުމްކޮށްފައިވާއިރު ދައުލަތުން އެދިފައިވަނީ 7 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލައިގައި އަލަމްގީރް ހިމެނޭހެން 4 މީހުންގެ މައްޗަށް މިހާތަނަށް ދައުވާ އުފުލާފައިވާއިރު، 31 އޯގަސްޓުގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ވަނީ އަލަމްގީރް 7 މަހާއި 6 ދުވަހަށް ޖަލަށްލާން ހުކުމްކޮށް، ތައުބާ ލައިދީފައެވެ. އެގޮތުން އޭނާ އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ހިންގާފައިވަނީ އަވަސްނިޔާގެ ޝަރީއަތެކެވެ.

އެ މައްސަލަ ބެއްލެވި ގާޒީ ވަނީ އޭނާގެ އިއުތިރާފަކީ ސައްހަ އިއުތިރާފެއްކަމަށް ނިންމަވައި، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް