Advertisement
ކ. މާލެ
|
29 ޖުލައި 2022 | ހުކުރު 20:38
ނާޒިމް ސައްތާރު
ނާޒިމް ސައްތާރު
އޭދަފުށި ޓައިމްސް
އެއް ޖިންސުން ގުޅުން ހިންގުމުގެ މައްސަލަ
ނާޒިމް ސައްތާރުގެ ބަންދަށް 7 ދުވަސް
ނާޒިމް ހައްޔަރު ކޮށްފައިވަނީ އެއްޖިންސުން ގުޅުންހިންގުމުގެ ތުހުމަތުގައި

ބަންގްލަދޭޝްގެ ރައްޔިތެއްް ކަމަށްވާ އެމްޑީ އަލަމްގީރްއާއިއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ގާނޫނީ ވަކީލު، ނާޒިމް ސައްތާރުގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރު ކޮށްފައިވަނީ އއ. އަތޮޅުގެ ރިސޯޓެއްގައި ހުއްޓައި ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. އޭނާ ބަންދުގައި ހުރީ އެ އަތޮޅުގެ ރަސްދޫ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ނާޒިމުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ރަސްދޫ ކޯޓަށް ހާޒިރުުކުރުމުން އެ ރަށު ކޯޓުން ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފައެވެ.

Advertisement

ނާޒިމް ހައްޔަރު ކުރި މައްސަލައިގައި އިތުރު ދެ މީހަކު ވެސް ވަނީ ހައްޔަރު ކޮށްފައެވެ. މި މައްސަލައިގައި ދެން ހައްޔަރުކޮށްފައިވަނީ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި 35 އަހަރުގެ އެހެން ދިވެހި ފިރިހެނެކެވެ.

ނާޒިމްއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅެވެ. ރައިސް ނަޝީދު ވަނީ ނާޒމް ހައްޔަރު ކުރުމުން އެއީ ސިޔާސީ ބޭނުމެއްގައި ހަރުކަށީ ފިކުރުގެ މީހުން ރުއްސުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް