ކ. މާލެ
|
17 ޖޫން 2022 | ހުކުރު 13:11
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
ރާއްޖެއެމްވީ
ކޮވިޑުގައި އެޅި ފިޔަވަޅުތަކަށް އޭސީއައިގެ ތައުރީފު
ކޮވިޑުގައި ރާއްޖޭން އެޅި ފިޔަވަޅުތަކަށް އޭސީއައިގެ ތައުރީފު
 
ރާއްޖޭން އެޅި ފިޔަވަޅުތަކަށް އޭސީއައިއިން ތައުރީފު ކުރީ ޔޫއެންޑަބްލިއުޓީއޯގެ ސަމިޓުގައި އެއަރޕޯޓުގެ ފަރާތްތަކާއި ބައްދަލުކޮށް

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ބޯޑަރު ހުޅުވައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެއަރޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި) އިން ތައުރީފުކޮށްފިއެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި މިކަން ހާމަކުރެއްވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ހުސެއިންއެވެ. އޭނާ ވިދާޅުވީ އޭސީއައިގެ އޭޝިއާ ޕެސިފިކްގެ ޑިރެކްޓަރ ޖެނެރަލް ސްޓެފާނޯ އެގޮތަށް ތައުރީފު ކުރެއްވީ މިދިޔަ ހަފްތާގައި ކުރިއަށްދިޔަ ޔޫއެންޑަބްލިއުޓީއޯގެ ސަމިޓުގައި އެއާޕޯޓުގެ ފަރާތްތަކާ ބައްދަލުކުރައްވައި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކާއެކު ރާއްޖޭން ހޯދި ކާމިޔާބީ ފާހަގަކުރައްވައި މަރުހަބާ ވިދާޅުވި ކަމަށް ވެސް އިބްރާހިމް ހުސެއިން ވިދާޅުވިއެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު އާއި ރާއްޖޭގެ ސިއްހީ އިދާރާތަކުން އެޅުއްވި ފިޔަވަޅުތަކަކީ އާދަޔާ ޚިލާފަށް ފުރިހަމަ ފިޔަވަޅުތަކެއް ކަމަށާއި ވަގުތުން ވަގުތައް ފިޔަވަޅު އެޅުއްވުމުން ސްޓެފާނޯ ތައުރީފު ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭސީއައިގެ މެމްބަރުންގެ ގޮތުގައި ދުނިޔޭގެ 600 އަށްވުރެ ގިނަ އެއަރޕޯޓް އޮންނައިރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ ފާހަގަ ކުރެވޭ އެއަރޕޯޓެއް ކަމަށް ސްޓެފާނޯ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، އެއަރޕޯޓް ތަރައްގީ ކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކަށް ވެސް އޭނާ ތައުރީފު ކުރެއްވި ކަމަށް އިބްރާހިމް ހުސެއިން ވިދާޅުވިއެވެ.

އޭސީއައިއަކީ އެއަރޕޯޓުތަކުގެ ސްޓެންޑަޑްތައް ބެލުމަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ބޮޑެތި އެއަރޕޯޓުތައް ހިމެނޭހެން އުފައްދާފައިވާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކަށް އަދި އެ އެއަރޕޯޓަށް ހެލްތު އެކްރެޑިޓް ސެޓްފިކެޓް ވެސް ދެ ފަހަރަށް ދީފައެވެ. މި ސަރަހައްދުގެ އެއަރޕޯޓުތަކުގެ ތެރެއިން އެންމެ ފުރަތަމަ އޭސީއައިގެ ހެލްތު އެކްރެޑިޓް ސެޓްފިކެޓް ލިބުނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
0%
0%
0%
50%
ކޮމެންޓް