ކ. މާލެ
|
13 ޖެނުއަރީ 2022 | ބުރާސްފަތި 10:04
ކޮވިޑް ވެކްސިން މީހެއްގެ ގަޔަށް ޖަހަނީ
ކޮވިޑް ވެކްސިން މީހެއްގެ ގަޔަށް ޖަހަނީ
ރޮއިޓަރސް
ކޮވިޑް-19 ވެކްސިން ޕްރޮގްރާމް
އިތުރު 459 މީހުން ބޫސްޓަރ ޑޯޒް ޖަހައިފި
ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 28،544ށް އަރާފައި

އިތުރު 459 މީހުން ކޮވިޑް-19 ބޫސްޓަރ ޑޯޒް ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 233 މީހުންނެވެ. އަދި އަތޮޅުތަކުން 226 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ. މިއާއެކު ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 28،544ށް އަރާފައެވެ.

ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް 37 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 25 މީހުންނާއި އަތޮޅުތަކުން 12 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 397،070ށް އަރާފައެވެ.

ވެކްސިންގެ ދެވަނަ ޑޯޒް 114 މީހުން ވަނީ ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 82 މީހުންނާއި އަތޮޅުތަކުން 32 މީހުންނެވެ. މިއާއެކު ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 368،465ށް އަރާފައެވެ.

މިމަހުގެ ތެރޭގައި އާބާދީގެ ބޮޑުބަޔަކަށް ކޮވިޑް-19 ބޫސްޓަރ ޑޯޒް ޖެހުމަށް ތައްޔާރުވަމުން އަންނައިރު، ބޫސްޓަރ ޑޯޒް ޖެހުމުގެ ޕްރޮގްރާމްގައި މަސައްކަތްކުރާނެ މީހުން ހޯދަން ހެލްތު މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.

މިދިޔަ ޑިސެމްބަރުމަހުގެ 15ން ފެށިގެން ބޫސްޓަރ ޑޯޒު އާންމުންނަށް ދޭން ފަށާނެ ކަމަށް މީގެ ކުރިން އެޗްޕީއޭއިން ބުނެފައިވެއެވެ. ނަމަވެސް އާންމުންނަށް ބޫސްޓަރ ޑޯޒް ޖަހަން އަދި ހުޅުވާލަފައެއް ނުވެއެވެ.

- ކޮމެންޓް