ކ. މާލެ
|
31 އޮކްޓޯބަރ 2022 | ހޯމަ 23:23
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 ވެކްސިން
ދެވަނަ ބޫސްޓަރ ޑޯޒް، 1،376 މީހުން ޖަހައިފި
167,110 މީހުން ވަނީ ފުރަތަމަ ބޫސްޓަރ ޑޯޒް ޖަހާފައި
399،132 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވޭ

1،376 މީހުން ކޮވިޑް-19 ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒް ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 167,110 މީހުން ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ބޫސްޓަރ ޑޯޒް ޖަހާފައެވެ. 385,038 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވެއެވެ. އަދި 399،132 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ.

18 އަހަރުން މަތީ އުމުރުފުރާގެ މީހުންނަށް ކޮވިޑް ވެކްސިންގެ 4 ވަނަ ޑޯޒެއް ސެޕްޓެމްބަރ 8 ވަނަ ދުވަހުން ފެށިގެން އަންނަނީ ޖަހަމުންނެވެ. އެގޮތުން މި ޑޯޒް ޖަހާނީ ކޮވިޑް-19ގެ ފުރަތަމަ ބޫސްޓަރ (3 ވަނަ ޑޯޒް) ޖެހިފަހުން 4 މަސް ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

- ކޮމެންޓް