ކޮވިޑް-19ގެ ހާލަތު ކޮންޓްރޯލްކުރުމަށް އެންމެ ރަނގަޅަށް މަސައްކަތް ކުރި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ހެލްތު މިނިސްޓަރު އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ ކޮވިޑް ވެކްސިނޭޝަން ކޭމްޕް ކުރިއަށްގެންދިއުމުގައި ބުރަކޮށް މަސައްކަތް ކުރެއްވި ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް ބޭއްވި ޙަފްލާގައެވެ. މިނިސްޓަރު ވިދާޅުވީ އެމަނިކުފާނު ވަޒީރުކަމާއި ހަވާލުވެވަޑައިގަތް އިރު ރާއްޖޭގައި ކޮވިޑްގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އޭރު ރާއްޖެ އަށް ޑެލްޓާ ވޭރިއަންޓާއި ކުރިމަތިވެފައި އޮތް އިރު ކޮވިޑްއާ ގުޅިގެން ރާއްޖެ އަށް އޮތް ނުރައްކާ ކުޑަ ކުރަން މަސައްކަތް ކުރައްވާފައިވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި ކޮވިޑްއާ އެކު ރާއްޖޭގައި އިއުލާން ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ، ކޮވިޑްއާ އެކު އާއްމު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މަގުފަހިވީ ކަމާއި ބެހޭ އިދާރާތަކުގެ ބުރަ މަސައްކަތުގެ ސަބަބުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެެވެ.
މި ބަލީގައި ރާއްޖެއިން 300އަށްވުރެ ގިނަ މީހުން ނިޔާވި. އެއިން ކޮންމެ މަރަކީ އަސަރުކުރުވި މަރެއް. މިކަންކަމުން އަރައިގަނެވުނީ ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތުންހެލްތު މިނިސްޓަރު
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުވައްސަސާތަކާއެކު، މި މަސައްކަތުގައި ކޮންމެވެސް ސިފައެއްގައި ނަމަވެސް ބައިވެރިނުވާ އެއްވެސް އިދާރާއެއް ނެތްކަމަށެވެ. ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ %85 މީހުންވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.