ކ. މާލެ
|
20 ޖޫން 2023 | އަންގާރަ 14:58
އެއްކޮށްލި ހިޔާ ފްލެޓް
އެއްކޮށްލި ހިޔާ ފްލެޓް
ސޯޝަލްމީޑިއާ
ހިޔާގެ ދެ އެޕާޓްމަންޓް އެއްކޮށްލި މައްސަލަ
އެއްކޮށްލި ދެ އެޕާޓްމަންޓު އަތުނުލާން ނިންމައިފި، ކުރިން ހުރި ގޮތަށް ވެރިފަރާތުން ތަން ރާނަނީ
 
އާބަންކޯއިން ނިންމާފައި ވަނީ ފްލެޓް އަތުނުލާން
 
ޖޫރިމަނާއާމެދު އަދި ވަކި ގޮތެއް ނުނިންމާ

ހުޅުމާލެ ފޭސް 2ގައި ހުންނަ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓެއްގެ އިންފާރު ތަޅާލައި އެއްކޮށްލާފައިވާއިރު، އެއްކޮށްލި ދެ އެޕާޓްމަންޓު އަތުނުލާން އާބަންކޯއިން ނިންމައިފިއެވެ.

އާބަންކޯއިން ބުނީ، ފްލެޓްގެ ވެރިފަރާތުން ދެ އެޕާޓްމެންޓް ވަކިކޮށްލުމަށް ފާރު ރޭނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ވުމާއެކު އާބަންކޯއިން ނިންމާފައި ވަނީ ފްލެޓް އަތުނުލާން ކަމަށެވެ.

އެހެންނަމަވެސް، ޖޫރިމަނާއާމެދު އަދި ވަކި ގޮތެއް ނުނިންމާކަމަށް އާބަންކޯއިން މައުލޫމާތުދެއެވެ.

އެ ކޯޕަރޭޝަނުން ހަދާފައިވާ އުސޫލުތަކާ ހިލާފަށް ދެފަރާތުން ދެ އެޕާޓްމަންޓުގެ މެދު ފާރު ތަޅާލައި، 4 ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްފައިވާއިރު، މި މައްސަލަ ބެލުމަށްފަހު ކޮންމެ އެޕާޓްމަންޓެއް، 100،000 ރުފިޔާއިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުންވެސް އެ ފައިސާ ދެއްކުމަށް އޭރު އެންގިއެވެ.

އަދި 10 ދުވަހުގެ ތެރޭގައި, އެޕާޓްމަންޓް ހަވާލު ކުރާއިރު ތަން ކުރިން ހުރި ގޮތަށް އިއާދަކުރުމަށްވެސް އެންގިއެވެ. ނަމަވެސް މިކަން މި މުއްދަތުގައި ކޮށްފައިނުވާތީ، 14 ދުވަހުގެ ތެރޭގައި އެ ކޯޕަރޭޝަނަށް އެޕާޓްމަންޓް ހަވާލުކުރުމަށް އާބަންކޯއިން ވެރިފަރާތަށް އެންގިއެވެ.

ހުޅުމާލެ ފޭސް 2ގައި ހުންނަ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓެއްގެ އިންފާރު ތަޅާލައި އެއްކޮށްލުމުން، ކޮންމެ އެޕާޓްމެންޓެއް 14 ދުވަހުގެ ތެރޭގައި އާބަންކޯއާ ހަވާލުކުރުމަށް އެންގި އެންގުމާއި ގުޅިގެން، އެކަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދުނު ނަމަވެސް އެ ފަދަ އަމުރެއް ކޯޓުން ނެރެދީފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
25%
50%
0%
0%
25%
ކޮމެންޓް
23 ޖޫން 2023 | ހުކުރު 21:11
އަފޫ
ރާނަނީތަ. ރާނާ ނިމުނީމަ 1 މަސް ފަހުން ގޮސް ބަލާތި މެދުން ބޮޑު ދޮރެއް ކަނޑާފައިހުންނާނެ. ޢަދި ރާނަން ފަށަނީ ވެސް އޭނަގެ ދަރިފުޅު ޚިތާނުކޮށް ނިމުނީމަ. އާބަންކޯ އަކުން ބޭނުން ގޮތެއް ނެހެދޭނެ.
22 ޖޫން 2023 | ބުރާސްފަތި 09:20
ޢަސްލު ވާހަކަ
ކޮބާ ފޮޓޯ.. ރާނާ ކަންވެސް ރައްޔިތުންނަށް ޔަގީން ވާން ޖެހޭ..
20 ޖޫން 2023 | އަންގާރަ 20:12
ޔޫނިއަން
ޖޫރިމަނާ ވެސް އުވާލާނެ އާބަންކޯ އަށް ވާނީތިވަރު