ކ. މާލެ
|
18 ނޮވެންބަރ 2023 | ހޮނިހިރު 22:15
ހިޔާ ޓްރާންސްފޯމަރު
ހިޔާ ޓްރާންސްފޯމަރު
ޓްވިޓަރ
ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުން
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޓްރާންސްފޯމަރެއްގައި ރޯވެ، ފްލެޓްތަކުން ކަރަންޓު ކެނޑިއްޖެ
އެ މައްސަލަ ހައްލުކޮށް، ކަރަންޓު ކެނޑުނު ޓަވަރުތަކުގެ ތެރެއިން 3 ވަނަ ޓަވަރު ފިޔަވައި އެހެން ހުރިހާ ޓަވަރަކަށް މިހާރު ކަރަންޓު ދީފައިވޭ

ހުޅުމާލޭ ހިޔާ ޓަވަރުތައް ހުންނަ ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ކަރަންޓު ކެނޑިއްޖެއެވެ.

މި ހާދިސާއާ ގުޅިގެން ސްޓެލްކޯއިން ބުނީ، ހިޔާ ޓަވަރުތައް ހުންނަ ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރެއްގައި އަލިފާން ރޯވުމުގެ ސަބަބުން ހިޔާ ޓަވަރުތަކަކުން ކަރަންޓު ކެނޑުނު ކަމަށެވެ. އެ އަލިފާންގަނޑު ނިއްވާފައިވަނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުންނެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ އެ މައްސަލަ ހައްލުކޮށް، ކަރަންޓު ކެނޑުނު ޓަވަރުތަކުގެ ތެރެއިން 3 ވަނަ ޓަވަރު ފިޔަވައި އެހެން ހުރިހާ ޓަވަރަކަށް މިހާރު ކަރަންޓު ދެވިފައިވާ ކަމަށެވެ. އެއާއެކު، 3 ވަނަ ޓަވަރަށް ކަރަންޓު ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެކުންފުނީގެ މުވައްޒަފުން ކުރަމުން ގެންދާކަމަށާއި، އެ މަސައްކަތަށް ދެ ގަޑިއިރު ހޭދަވާނެކަމަށް ބެލެވޭކަމަށެވެ.

Advertisement

އެހެންކަމުން، އެކަމުގެ ސަބަބުން އާންމުންނަށް ދިމާވާނެ ދަތިތަކަށްޓަކައި މައާފަށް އެދޭކަމަށް އެކުންފުނިން ބުނެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ހަތަރު ފްލެޓަކުން ކަރަންޓު ކެނޑިފައިވާއިރު، އެކަން ހިނގީ ޓްރާންސްފޯމަރު ބެހެއްޓި ކޮންޓްރެކްޓަރުގެ އިހުމާލުން ދިމާވެފައިވާ ލޫޒް ކަނެކްޝަނެއްގެ ސަބަބުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް