ކ. މާލެ
|
30 އޭޕްރިލް 2023 | އާދީއްތަ 10:10
ސިއްޙީ ދާއިރާގެ މުވައްޒަފުން
ސިއްޙީ ދާއިރާގެ މުވައްޒަފުން
އައިޖީއެމްއެޗް
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
އުއްމީދަކީ ޞިއްޙީ ދާއިރާގެ މުސާރައަށް މިގެނެވޭ ހެޔޮ ބަދަލާއެކު، މިދާއިރާއަށް ޝައުޤުވެރިވާ ދިވެހިންގެ ޢަދަދު އިތުރުވުން
ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ޞިއްޙީ ދާއިރާގައި ޒަމާނުންސުރެ އޮތް ކަންބޮޑުވުމަކަށް ޙައްލު ލިބިގެންދާނެ
ޓެކްނިކަލް ވަޒީފާތަކުގެ އޮނިގަނޑު ހެދި، އެ ވަޒީފާތަކުން އިތުރަށް ކުރިއަށް ދެވޭނެ މަގުފަހިވާނެ

ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފިއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، އެ މުސާރައިގެ ތަފްސީލު ހާމަކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ޤައުމާ މުޚާތަބުކުރައްވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ނިޒާމަށް އައު ޚިދުމަތްތަކާއި ވަސީލަތްތައް މި ސަރުކާރުން ތަޢާރަފްކުރަމުން ގެންދަވާކަމަށާއި ޞިއްޙީ ދާއިރާގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. ނަމަވެސް މިދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މިދާއިރާއަށް ޝައުގުވެރިވާ ދިވެހިން މަދުވުން ކަމަށާއި ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ނަރުހުންނާއި އެލައިޑް ހެލްތު ޕްރޮފެޝަނަލުން އަދި މެންޓަލް ހެލްތު ޕްރޮފެޝަނަލުން ލިބުން ދަތިވުން ކަމަށެވެ. ޚާއްސަކޮށް ތަމްރީން ލިބިފައިވާ ދިވެހިން މިދާއިރާތަކަށް ނުލިބުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އުއްމީދަކީ ޞިއްޙީ ދާއިރާގެ މުސާރައަށް މިގެނެވޭ ހެޔޮ ބަދަލާއެކު، މިދާއިރާއަށް ޝައުޤުވެރިވާ ދިވެހިންގެ ޢަދަދު އިތުރުވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވުން ކަމަށެވެ.

މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ޞިއްޙީ ދާއިރާގައި ޒަމާނުންސުރެ އޮތް ކަންބޮޑުވުމަކަށް ޙައްލު ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެއީ ޓެކްނިކަލް ވަޒީފާތަކުގެ އޮނިގަނޑު ހެދި، އެ ވަޒީފާތަކުން އިތުރަށް ކުރިއަށް ދެވޭނެ މަގުފަހިވުން ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނާއި ބަޔޯމެޑިކަލް އިންޖިނިއަރުންނަކީ، ފަންނީ މަސައްކަތްކުރާ ބައެއް ކަމަށާއި، އެ ފަންނުތަކުން އިތުރަށް ކުރިއަށް ދެވޭނެ މަގު ފަހިވުމަކީ މިދާއިރާއަށް ލިބޭނެ ކުރިއެރުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ސީނިއަރ ރެޖިސްޓަރޑް ނަރުހަކަށް އިތުރު ގަޑީގެ އެލަވަންސާއެކު މަހަކު ލިބެނީ، އެވްރެޖްކޮށް 20،459 ރުފިޔާ. މިހާރު މިގެނެވޭ ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29،271 ރުފިޔާ ލިބޭނެ. އަދި ސްޕެޝަލިސްޓް ނަރުހެއްގެ މުސާރަ މިހާރުވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 41،976 ރުފިޔާ އަށް މަތިކޮށްފައި. މީގެ ކުރިން ސީނިއަރ މެޑިކަލް އޮފިސަރަކަށް އިތުރު ގަޑީގެ އެލަވަންސާ އެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 28،727 ރުފިޔާ. މިހާރު މިގެނެވޭ ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41،541 ރުފިޔާ ލިބޭނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ވަނީ ޕްރެކްޓިޝަނަރުންނަށް ވެސް، މި ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ހަރުފަތްތައް ތައާރަފުކޮށް، ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުސާރަ ވެސް ބޮޑުކުރެއްވިކަން ހާމަކުރައްވާފައެވެ.

މެޑިކަލް ޕްރެކްޓިޝަނަރުންނަށް ވެސް، މި ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ހަރުފަތްތައް ތައާރަފުކޮށް، ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުސާރައަށް މިހާރުވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާ ކަނޑައަޅާފައި. އިތުރު ގަޑީގެ އެލަވަންސާއެކު، މިދެންނެވި ހުރިހާ މުވައްޒަފުންގެ ޖުމްލަ މުސާރަ މިއަށްވުރެވެސް އިތުރުވާނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އުއްމީދަކީ ޞިއްޙީ ދާއިރާގެ މުސާރައަށް މިގެނެވޭ ހެޔޮ ބަދަލާއެކު، މިދާއިރާއަށް ޝައުޤުވެރިވާ ދިވެހިންގެ ޢަދަދު އިތުރުވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވުން ކަމަށެވެ.

ރައީސް ވިދާޅުވީ އްމީދަކީ ޞިއްޙީ ދާއިރާއަށް ގެންނަ މިފަދަ ބަދަލުތަކުގެ ސަބަބުން، މި ދާއިރާއަށް ޝައުޤުވެރިވާ ދިވެހިންގެ ޢަދަދު އިތުރުވެގެންދިޔުން ކަމަށެވެ. އަދި ޞިއްޙީ ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅުވުން ކަމަށް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް