ކ. މާލެ
|
29 ނޮވެންބަރ 2023 | ބުދަ 13:42
ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު
ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު
މަޖިލިސް
ހިޔާ ފްލެޓް ފިނިޝިންގ މަސައްކަތް
ހިޔާ ފްލެޓް ފިނިޝިންގ އަށް ދޭން ސަރުކާރުން ވައުދުވި ފައިސާ ދޭނެ ގޮތަކާއި ގުޅޭގޮތުން ވަޒީރާ ސުވާލު ކުރައްވަނީ
ފިނިޝިންއަށް ހިނގި ޚަރަދުގެ ގޮތުގައި 200،000ރ. ފްލެޓުތަކުގެ ވެރި ފަރާތްތަކަށް ދެއްވާނެކަމަށް މުއިއްޒު ވިދާޅުވެފައިވޭ
ފައިސާ ދެއްވަން ކަނޑައަޅުއްވާ މުއްދަތަކީ ކޮބައިތޯވެސް ވަޒީރާ ސުވާލު ކުރައްވާނެ

ހިޔާ ފުލެޓުގެ ފިނިޝިންގ މަސައްކަތް ނިންމަން ހަރަދުކުރި ފައިސާ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ދީފައިވާއިރު، އެކަން ކުރާނެ ގޮތް އޮޅުންފިލުވުމަށް ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހަޅުއްވައިފިއެވެ.

ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވަނީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވޮލޮޕްމަންޓް ޑރ އަލީ ހައިދަރު އަހުމަދާ ސުވާލު ކުރެއްވުމަށް ހުށަހަޅުއްވާފައެވެ.

ނިޔާޒު ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ހިނގި ޚަރަދުގެ ގޮތުގައި 200،000ރ. ފްލެޓުތަކުގެ ވެރި ފަރާތްތަކަށް ދެއްވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާކަމަށެވެ. މުއިއްޒު އެހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިން ބައްދަލުވުމެއްގެ ތެރެއިންނެވެ.

މެންބަރު ނިޔާޒް ވަނީ އެކަން ކުރައްވަން ރާވާފާއިވާ ގޮތަކީ ކޮބާތޯ ސުވާލު ކުރެއްވުމަށް ހުށަހަޅުއްވާފައެވެ. އެގޮތުން މިފަހަރު ބަޖެޓުގައި ޔަގީނުން ވެސް އެކަން ހިމެނިފައެއް ނުވާކަން މެންބަރު ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

މެންބަރު ވަނީ އެ ފައިސާ ދެއްވަން ކަނޑައަޅުއްވާ މުއްދަތަކީ ކޮބައިތޯ ވެސް ވަޒީރާ ކުރައްވާ ސުވާލުގައި ހިމަނުއްވާފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ފެށުމަށް ހުޅުމާލޭ ހިޔާ ސަރަހައްދުގައި ސެޕްޓެމްބަރ 13 ވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި އިމާރާތްތަކަށް މީހުން ވައްދަން ނިންމާފައި އޮތީ އިމާރާތް ފިނިޝިންގ ނިންމުމަށްފަހު އެވެ. ނަމަވެސް ކުރީ ސަރުކާރުން އެތަން ދިނީ ފިނިޝިންގ މަސައްކަތް ނުނިންމައެވެ. އެހެން ދިނުމުން އެތަނަށް ބަދަލުވީ މީހުން އަތުން ވަރަށް ބޮޑު ހޭދައެއް ހިނގާފައިވާ ކަމަށް ވިދާޅުވެ މުއިއްޒު ވިދާޅުވީ ރައީސް ކަމަށް ވަޑައިގެންނެވިއްޖެނަމަ އެ ފައިސާ އަނބުރާ ދެއްވާނެކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމެއްގައި ހިޔާގެ ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓެއް ބަހައްޓާދެއްވާ އެތަނުގައި އެކި ހިދުމަތްތައް ގާއިމުކޮށްދެއްވާ، އެ ތަނަކީ އުޅެން ހިތްފަސޭހަ ތަނަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް