ކ. މާލެ
|
30 އޭޕްރިލް 2023 | އާދީއްތަ 11:31
ރައީސް ޞާލިހު ޖެންޑަރ މިނިސްޓްރީގެ މުވައްޒަފުންނާއި ބައްދަލުކުރައްވަނީ
ރައީސް ޞާލިހު ޖެންޑަރ މިނިސްޓްރީގެ މުވައްޒަފުންނާއި ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ސަރުކާރު މުވައްޒަފުން
މެއި 1ން ފެށިގެން 35 އިންސައްތަ އެލަވަންސް ނުލިބޭ ސަރުކާރު މުވައްޒަފުންނަށް އެލަވަންސް ދޭން ފަށަނީ
ޖުމްލަ 9838 މުވައްޒަފުންނަށް މިބަދަލުގެ ހެޔޮ އަސަރުކުރާނެ
އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކުރާނެ

މެއި 1ން ފެށިގެން ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން 35 އިންސައްތަ އެލަވަންސް ނުލިބޭ ފަރާތްތަކަށް އެލަވަންސް ލިބެމުންދާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ.

ރައީސް މިކަން ހާމަކުރެއްވީ އާދީއްތަ ދުވަހު ޤައުމާ މުހާތަބުކުރައްވާ، މެއި 1 ވަނަ ދުވަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެކަން ހާމަކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިހު ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ވެސް، މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އެލަވަންސް ލިބެމުން ދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މިގެންނަ ހެޔޮ ބަދަލާއި، ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސާ އެކު، ޖުމްލަ 9838 މުވައްޒަފުންނަށް މިބަދަލުގެ ހެޔޮ އަސަރުކުރާނެ ކަމަށެވެ. މި ހުރިހާ ބަދަލަކަށް، އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތަކީ، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތެއް ކަމަށެވެ. މި މަސައްކަތް ނިމޭއިރު، ސަރުކާރުގެ ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ޕޭ ހާމަނައިޒް ކުރުމުގެ މި މަސައްކަތުގެ ތެރޭގައި، ޝަރުޢީ ދާއިރާއާއި ސަލާމަތީ ޚިދުމަތްތަކާއި އިމާމުންނާއި މުދިމުންނާއި އަދި ޖުމްލަކޮށް، ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް
30 އޭޕްރިލް 2023 | އާދީއްތަ 11:47
Ahmed
މިީނޫންތޯ ހެޔޮވެރިކަމަކީ... ޝުކުރިއްޔާ އިބޫ
30 އޭޕްރިލް 2023 | އާދީއްތަ 11:43
ޟަޒުރާ
ސްކޫލް އެޑުމިންގަ 35% ދިނުމުން މިނިވަންވޭޖް އެލަވަންސް އުނިކުރި. ޢެހެންވެ މުސާރައައް އެއްވެސް ބަދަލެއް ނާދޭ ލިބެނީ ހަމަ 7000 ރުފިޔާ.