ކ. މާލެ
|
30 އޭޕްރިލް 2023 | އާދީއްތަ 08:02
ޔަމީން ލަމާން: ބާސެލޯނާ އަށް މެޗު ކުޅެދިން އެންމެ ހަގު ކުޅުންތެރިއަކީ އޭނާ
ޔަމީން ލަމާން: ބާސެލޯނާ އަށް މެޗު ކުޅެދިން އެންމެ ހަގު ކުޅުންތެރިއަކީ އޭނާ
ގޫގުލް
ބާސެލޯނާ
ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
 
އޭނާ ކުޅެން ނުކުތްއިރު އުމުރަކީ އެންމެ 15 އަހަރާއި 290 ދުވަސް

ރެއާލް ބެޓިސް އަތުން ބާސެލޯނާ 4-0 އިން މޮޅުވި މެޗުގައި އުމުރުން 15 އަހަރުގެ ޔަމީން ލަމާން ވެގެންދިޔައީ ބާސެލޯނާގެ ތާރީހުގައި އެކުލަބަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

މިޑްފީލްޑަރު ގަވީގެ ބަދަލުގައި މެޗުގެ 84 ވަނަ މިނިޓްގައި އޭނާ ކުޅެން ނުކުތްއިރު އުމުރަކީ އެންމެ 15 އަހަރާއި 290 ދުވަހެވެ. އަދި މި އުމުރަކީ ސްޕެނިޝް ލީގުގައި ފަސް ވަނަ އަށް ކުޅުންތެރިއަކު ކުޅުނު އެންމެ ހަގު އުމުރެވެ.

ޔަމާން އެންމެ ފުރަތަމަ ބާސެލޯނާގެ ސްކޮޑުގައި ހިމެނީ މިދިޔަ ހަފުތާގައި އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ކޯޗު ޒަވީ ހަނާންޑޭޒް އެ މެޗަށް ފަހު ބުނީ ޔަމާލްގެ ހުނަރާއި އުކުޅުތައް ފެނިފައި އޭނާ ޓީމު ލިސްޓުގައި ޖެހީ އެއްވެސް ޖެހިލުމެއްނެތި ކަމަށެވެ.

މި މެޗުގައި ބާސެލޯނާ އަށް ގޯލު ޖަހައިދިނީ އަންދްރޭސް ކްރިސްޓިއަންސަން އާއި ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ އަދި ރަފީނިއާ އާއި ބެޓިސްގެ ގުއިރޯ ރޮޑްރިގޭޒް އެވެ. އޭނާ އަތުން ވަނީ ބައި ގޯލެކެވެ.

މި މޮޅާއެކު ބާސެލޯނާ އަށް ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ޔަގީން ކުރަންބޭނުންވަނީ އެންމެ 8 ޕޮއިންޓެވެ. އެ ޓީމު މިވަގުތު އޮތީ ޓޭބަލުގެ ދެ ވަނާގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށްވުރެ 11 ޕޮއިންޓް ކުރީގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
17%
33%
17%
0%
17%
17%
ކޮމެންޓް