ކ. މާލެ
|
17 މާރޗް 2024 | އާދީއްތަ 12:09
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ހިޔާ ޓަވަރުތަކުގައި ލިފްޓް ހަރުކުރުން
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު
މިމަޝްރޫއު އަހަރެއްގެ ތެރޭގައި ނިންމާލެވޭނެ
ހިޔާ ފްލެޓްތަކުގައި ގިނަ ބަޔަކު ދިރިއުޅޭ އިރު، ހިޔާގެ ގިނަޓަވަރު ތަކުގައި ހުންނަނީ ތިން ލިފްޓް
ސްޓްރެޗަރ އެރުވޭ ލިފްޓް ހަރުކުރާނެ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި ލިފްޓް ހަރުކުރުމުގެ މަޝްރޫއު ނިމޭއިރު ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Advertisement

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތަކެއް ހަރުކުރާއިރު ބަލިމީހުން އުފުލާ ބާލަން ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެތޯ އާއްމު ރައްޔިތަކު ދެންނެވި ސުވާލަށް ރައީސް މުއިއްޒު ވިދާޅުވީ ހިޔާ ޓަވަރުތަކުގެ ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރާއިރު ބަލި މީހުން އުފުލުމަށް ނުވަތަ ސްޓްރެޗަރ އުފުލޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ. އަދި ސްޓްރެޗަރ އެރުވޭ ލިފްޓް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހާރު ހަރުކުރަމުންދާ ލިފްޓްތައް ހަރުކުރާއިރުގައި ސްޓްރެޗަރ އެރުވޭ ލިފްޓް ވެސް އޭގައި ހިމެނޭނެ. ހިޔާ ފްލެޓުތަކުގައި ހަރުކުރެވޭ ލިފްޓުތަކުގެ މަޝްރޫއު ނިމޭއިރު އިރާދަކުރެއްވިއްޔާ ފާހަގަކުރެއްވި ކަންތަކަށް ހައްލެއް ލިބޭނެ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ހިޔާ ފްލެޓްތަކުގައި ގިނަ ބަޔަކު ދިރިއުޅޭ އިރު، ހިޔާގެ ގިނަ ޓަވަރުތަކުގައި ހުންނަނީ ތިން ލިފްޓެވެ. މަދު ޓަވަރެއްގައި ހަތަރު ލިފްޓް ހުރެއެވެ. 25 ބުރީގެ މި އިމާރަތްތަކުގައި ދިރިއުޅޭ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން، ލިފްޓަށް ބާރުބޮޑުވެ، ލިފްޓް ކިއޫއެއް އަބަދުވެސް އޮވެއެވެ. ވަކިން ޚާއްސަކޮށް ހެނދުނާ ހަވީރު ސްކޫލް ތަކަށާ އޮފީސްތަކަށް ދާގަޑިއާ ނިމޭގަޑިއަކީ އާންމުކޮށް ހިޔާގެ އިމާރާތްތަކުގައި ލިފްޓް ކިއު ދިގުވާ ވަގުތުތަކެކެވެ.

މިމައްސަލަ ހައްލުކުރުމުގެ ގޮތުން ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓްތައް ހަރުކޮށްދޭނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެޗްޑީސީން ބުނެފައިވަނީ މިމަޝްރޫއު އަހަރެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އެޗްޑީސީއާ އެކު ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕް ކުރެވުނު އެއްބަސްވުމުގެ ދަށުން، ޖުމްލަ 32 އާ ލިފްޓު ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެއީ ސްޓްރެޗަރ ނުވަތަ ބަލިމީހުން އުފުލޭނެ ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ ލިފްޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް