ކ. މާލެ
|
24 އޭޕްރިލް 2021 | ހޮނިހިރު 13:08
އިންޑިއާގައި ކޮވިޑް-19 ބަލިމީހުންނަށް ފަރުވާދެނީ
އިންޑިއާގައި ކޮވިޑް-19 ބަލިމީހުންނަށް ފަރުވާދެނީ
ރޮއިޓަރސް
ކޮވިޑް-19 އިންޑިއާގެ ހާލަތު
އިންޑިޔާގައި ފަރުވާދޭން ޖެހޭ މީހުން ގިނަވެ އޮކްސިޖަން ލިބުމުގެ ދަތިކަން!
 
ހޮނިހިރު ދުވަހުވެސް ދިއްލީގެ ފުލުހުން ވަނީ 48 ސިލިންޑަރާއެކު މީހަކު ހައްޔަރުކޮށްފައި
 
އޮކްސިޖަން ސިލިންޑަރު ނުއަގުގައި ދަނީ ވިއްކަމުން

އިންޑިއާގައި ކޮވިޑް-19 ގެ ކޭސްތައް ގިނަވެ، ހޮސްޕިޓަލުތަކުގެ އެނދުތައް ފުރުމުގެ ސަބަބުން ބަލި މީހުންނަށް އޮކްސިޖަން ފޯރުކޮށްދިނުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން ފަރުވާދޭން ޖެހޭ ބަލިމީހުން ގިނަވުމުގެ ސަބަބުން ހޮސްޕިޓަލުތަކުގެ އެނދުތަކަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ފޯރުކޮށްދިނުމުގައި ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ދިއްލީގެ ގިނަ ހޮސްޕިޓަލުތަކަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އިމަރޖެންސީކޮށް ވަސީލަތްތައް ބޭނުންވާކަން އެތަންތަނުން ވަނީ ހާމަކޮށްފައެވެ. އަދި އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ގެންދަނީ ހޮސްޕިޓަލުތަކަށް އޮކްސިޖަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޚަލީޖް ޓައިމްސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން މިހާރު އެ ގައުމުގައި އޮކްސިޖަން ސިލިންޑަރު ނުއަގުގައި ގެންދަނީ ވިއްކަމުންނެވެ. ހޮނިހިރު ދުވަހުވެސް ދިއްލީގެ ފުލުހުން ވަނީ 48 ސިލިންޑަރާއެކު މީހަކު ހައްޔަރުކޮށްފައެވެ. އޭނާ ބުނެފައިވަނީ އެ ސިލިންޑަރުތަކަކީ ވިޔަފާރި އުސޫލުން ވިއްކުމަށް ބަހައްޓާފައިވާ ސިލިންޑަރުތަކެއް ކަމުގައެވެ. ނަމަވެސް އޭނާއަކީ ސިލިންޑަރު ވިއްކުމުގެ ހުއްދަ އޮންނަ މީހެއް ނޫންކަމަށް ފުލުހުން ބުނެއެވެ.

މީގެ ދެ ދުވަހެއް ކުރިން ކާންޕޫރު ފުލުހުންވެސް ވަނީ މިފަދަ އޮޕަރޭޝަނެއްގައި 51 ސިލިންޑަރު އަތުލައިގެންފައެވެ.

ދިއްލީއާއި އުތްރަޕްރަދޭޝްގެ އިތުރުން ހަރިޔާނާ ފަދަ ސްޓޭޓުތަކުގައި އޮކްސިޖަން ލިބުމުގެ ދަތިކަން ހުރުމާއެކު އޮކްސިޖަނަށް އޮތް ޑިމާންޑް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ބައެއް ހޮސްޕިޓަލުތަކުގައި އޮކްސިޖަން ކެޕޭސިޓީ ނެތުމުގެ ސަބަބުން ކޮވިޑް-19 ގެ ބަލި މީހުން އެޑްމިޓް ކުރުމަށްވެސް ދެކޮޅު ހަަދަމުންދާކަމަށް ޚަލީޖް ޓައިމްސްގައި ރިޕޯޓު ކޮށްފައިވެއެވެ.

ދިއްލީގެ ބަޓްރާ ހޮސްޕިޓަލުންވެސް ހޮނިހިރު ދުވަހު އޮކްސިޖަން ހުސްވެ، 150ށް ވުރެ ގިނަ ބަލި މީހުންގެ އޮކްސިޖަން ވަނީ ކަނޑާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
80%
0%
0%
0%
20%
0%
ކޮމެންޓް
24 އޭޕްރިލް 2021 | ހޮނިހިރު 14:58
ޟިިހހހފ
ފުރިތަމަ ކޮވިޝީލްޑް ޑޯޒް ޖެހީ 200،00 މީހުން، އެކުމަކު އޭގެ ދެވަނަ ޑޯޒް ޖަހަން ލިބުނީ އެންމެ 100،00 ޑޯޒް. މި 100،00 ޑޯޒް ހުސްވާނެ މިހަފްތާ ތެރޭގައި.