ކ. މާލެ
|
20 މާރޗް 2021 | ހޮނިހިރު 15:10
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) ބޮޑީބޯޑް ކުރަނިކޮށް
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) ބޮޑީބޯޑް ކުރަނިކޮށް
ބާ2000 ފަރަމަންތާ ޗެލެންޖް
ބާ2000 ފަރަމަންތާ ޗެލެންޖް
ބާ2000 ފަރަމަންތާ ޗެލެންޖް: ސާފިންނާއި ބޮޑީބޯޑިންގައި ބައިވެރިވާން ހުޅުވާލައިފި
 
އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވެވޭނެ
 
ސާފިންނާއި ބޮޑީބޯޑިންގެ މުބާރާތް އޮންނާނީ ޖުލައި މަހު

ރާއްޖޭގައި ބާއްވާ މޫދު ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ "ބާ2000 ފަރަމަންތާ ޗެލެންޖް" ގެ ސާފިންނާއި ބޮޑީބޯޑިންގެ އިވެންޓުތަކުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

ބާ2000 ގެ އެދުމަކަށް ފަރުމަތި އިވެންޓްސްއިން ރާވާ ހިންގާ "ބާ2000 ފަރަމަންތާ ޗެލެންޖް" ގައި އޯޕަން ވޯޓާ ފެތުމާއި، ސާފިން އަދި ބޮޑީބޯޑިންގެ އިވެންޓުތައް ހިމެނެއެވެ. މީގެ ތެރެއިން ސާފިންނާއި ބޮޑީބޯޑިންގެ އިވެންޓުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހޮނިހިރު ދުވަހު ހުޅުވާލިއިރު، އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މި އިވެންޓުތަކުގައި ބައިވެރިވެވޭނެއެވެ.

ސާފިންނާއި ބޮޑީބޯޑިންގައި ހިމެނޭ ކެޓެގަރީތަކަކީ ޖޫނިއާ ބައިގެ އިތުރުން އޯޕަން ބައެވެ. މި ކޮންމެ ބައެއްގައިވެސް ފިރިހެން އަދި އަންހެން އެތުލީޓުންނަށް ބައިވެރިވެވޭއިރު، ކޮންމެ ކެޓެގަރީއެއްގައިވެސް 25 އެތުލީޓުންނަށް ބައިވެރިވެވޭނެ ކަމަށް ފަރުމަތި އިވެންޓްސްއިން މައުލޫމާތުދެއެވެ.

ސާފިންނާއި ބޮޑީބޯޑިންގެ ޖޫނިއާ ބައިގައި 18 އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭއިރު، އޯޕަން ބައިގައި ކޮންމެ އުމުރުފުރާއެއްގެ އެތުލީޓަކަށްވެސް ބައިވެރިވެވޭނެއެވެ. ސާފިންނާއި ބޮޑީބޯޑިންގައި ބައިވެރިވުމުގެ ފުރުޞަތު ހޮނިހިރު ދުވަހު ހުޅުވާލިއިރު، 18 އަހަރުން މަތީގެ އެތުލީޓުން މުބާރާތުގައި ބައިވެރިވުމަށް 200 ރުފިޔާ ދައްކަން ޖެހެއެވެ. އަދި 18 އަހަރުން ދަށުގެ އެތުލީޓުން ދައްކަން ޖެހޭނީ 50 ރުފިޔާއެވެ. އެކަމަކު ސާފިންނާއި ބޮޑީބޯޑިންގައި ބައިވެރިވާ ފުރަތަމަ ފަސް ފިރިހެން އެތުލީޓުންނާއި، މި ދެ މުބާރާތުގައި ވާދަކުރަން ބޭނުންވާ ހުރިހާ އަންހެން އެތުލީޓުންނަށް ހިލޭ ބައިވެރިވެވޭނެ ކަމަށް ފަރުމަތި އިވެންޓްސްއިން މައުލޫމާތުދެއެވެ. އަދި އަންހެން އެތުލީޓުންނަށް ހިލޭ ބައިވެރިވެވޭ ގޮތަށް ނިންމީ، މި ކުޅިވަރުތަކުގައި އަންހެން އެތުލީޓުންނަށް އިތުރު ފުރުޞަތުތަކެއް ތަނަވަސްކޮށްދިނުމުގެ މަގުސަދުގައި ކަމަށްވެސް ފަރުމަތި އިވެންޓްސްއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން ސާފިންނާއި ބޮޑީބޯޑިންގައި ބައިވެރިވާން ބޭނުންވާ އުމުރުން 10 އަހަރާއި 12 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ހާއްސަ "އެކްސްޕްރެޝަން ސެޝަން" ތަކެއް ނަގައިދިނުމަށް ވަނީ ނިންމާފައެވެ. އަދި މި ސެޝަނުގައި ބައިވެރިވާން އެއްވެސް ފީއެއް ނުނަގާނެ ކަމަށްވެސް ފަރުމަތި އިވެންޓްސްއިން މައުލޫމާތުދެއެވެ.

"ބާ2000 ފަރަމަންތާ ޗެލެންޖް" ގެ ސާފިންނާއި ބޮޑީބޯޑިންގައި ބައިވެރިވާން ހުޅުވާލިއިރު، މި އިވެންޓުތައް ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ޖޫން މަހުގެ 24 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، އޯޕަން ވޯޓާ ފެތުމުގައި ބައިވެރިވާން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ކޮވިޑް-19 އާ ގުޅިގެން "ބާ2000 ފަރަމަންތާ ޗެލެންޖް" ފެށުން މީގެ ކުރިން ފަސްކޮށްފައިވާއިރު، "ބާ2000 ފަރަމަންތާ ޗެލެންޖް" ގެ ހަރަކާތްތައް ކުރިއަށްގެންދަނީ އެ ކުޅިވަރުތަކާ ގުޅޭ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެއްބާރުލުމާ އެކީގައެވެ. މި ޗެލެންޖަކީ ރާއްޖޭގައި މޫދު ކުޅިވަރު ޕްރޮމޯޓުކޮށް، އެފަދަ އިވެންޓުތައް ތަފާތު ގޮތަކަށް ގެނެސްދިނުމަށް ގައުމީ އެސޯސިއޭޝަންތަކާއެކު ބައިނަލްއަގުވާމީ ފެންވަރެއްގައި މަސައްކަތް ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް