ޣައްޒާ ސްޓްރިޕްގެ މެދުތެރޭގައިވާ ދީރުލް-ބަލާހު އަށާއި ޚާން ޔޫނިސް ގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ޓެންޓުތަކަކަށް އިޒްރޭލުން ބުދަ ދުވަހުގެ ފަތިހު ބޮންއަޅައިފިއެވެ.
މި ޙާދިސާގައި މަދުވެގެން އާންމުންގެ ދެމީހުން މަރުވެ ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ.
މީގެ އިތުރުން، ހާން ޔޫނިސް ސިޓީގެ ޝައިހު ނާސިރު ސަރަހައްދުގައި ހުރި ގެއަކަށް ޔަހޫދީ ބާރުތަކުން ބޮން ވަނީ ބޮން އަޅާފައެވެ.
މެޑިކަލް އޮފިޝަލުން ބުނާ ގޮތުގައި ހާން ޔޫނިސް ސިޓީގެ އިރުމަތީގައިވާ ޝައިހު ނާސިރު ސަރަހައްދުގައި ހުރި ގެއަކަށް ހަނގުރާމަވެރި މަތިންދާބޯޓުތަކުން ބޮން އެޅުމުގެ ސަބަބުން އަންހެން ކުއްޖަކާއި އަންހެނަކު ހިމެނޭ ގޮތަށް ތިން މީހަކު މަރުވިއެވެ.
މީގެ އިތުރުން ޔަހޫދީ ސިފައިން ވަނީ ޣައްޒާ ސިޓީގެ އުތުރުގައިވާ ސަފްތާވީ ސަރަހައްދުގެ ވަށައިގެންވާ ތަންތަނަށާއި ދެކުނު ޣައްޒާ ސްޓްރިޕްގައިވާ ރަފަހް ސިޓީގައި އާންމުން ދިރިއުޅޭ ގެތަކަށްވެސް ބޮން އަޅާފައެވެ.