ކ. މާލެ
|
5 ނޮވެންބަރ 2021 | ހުކުރު 14:50
ބާ2000 ފަރަމަންތާ ޗެލެންޖުގެ ސާފިން އިވެންޓުގެ ތެރެއިން
ބާ2000 ފަރަމަންތާ ޗެލެންޖުގެ ސާފިން އިވެންޓުގެ ތެރެއިން
ބާ2000 ފަރަމަންތާ ޗެލެންޖް
ބާ2000 ފަރަމަންތާ ޗެލެންޖް
ބާ2000 ފަރަމަންތާ ޗެލެންޖް: ސާފިންނާއި ބޮޑީބޯޑިންގެ އިވެންޓުތައް ފެށިގެން ކުރިއަށް
 
އިވެންޓުތައް ކުރިއަށްދާނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް
 
ސާފިންނާއި ބޮޑީބޯޑިންގައި ހިމެނެނީ ޖޫނިއާ އާއި އޯޕަން ކެޓެގަރީ

ރާއްޖޭގައި ބާއްވާ މޫދު ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ "ބާ2000 ފަރަމަންތާ ޗެލެންޖް" ގެ ސާފިންނާއި ބޮޑީބޯޑިންގެ އިވެންޓުތައް ފަށައިފިއެވެ.

ބާ2000 ގެ އެދުމަކަށް ފަރުމަތި އިވެންޓްސްއިން ރާވާ ހިންގާ "ބާ2000 ފަރަމަންތާ ޗެލެންޖް" ގައި އޯޕަން ވޯޓާ ފެތުމާއި، ސާފިން އަދި ބޮޑީބޯޑިންގެ އިވެންޓުތައް ހިމެނެއެވެ. މި އަހަރުގެ ކުރީކޮޅު "ބާ2000 ފަރަމަންތާ ޗެލެންޖް" ބާއްވަން އެންމެ ފުރަތަމަ ތާވަލުކުރި ނަމަވެސް، މާލެ ސިޓީގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމާއެކު އެ ފަހަރު މި އިވެންޓް ފަސްކުރަން ޖެހުނެވެ.

މި ޗެލެންޖުގައި ހިމެނޭ ސާފިންނާއި ބޮޑީބޯޑިންގެ އިވެންޓުތައް ފަށާފައިވަނީ ބުރާސްފަތި ދުވަހުއެވެ. މާލޭ ރާޅުގަނޑު ސަރަހައްދުގައި ސާފިންނާއި ބޮޑީބޯޑިންގެ އިވެންޓުތައް ކުރިއަށްދާއިރު، މި އިވެންޓުތައް ކުރިއަށްދާނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ސާފިންނާއި ބޮޑީބޯޑިންގައި ހިމެނޭ ކެޓެގަރީތަކަކީ ޖޫނިއާ ބައިގެ އިތުރުން އޯޕަން ބައެވެ.

ބާ2000 ފަރަމަންތާ ޗެލެންޖުގެ ސާފިން އިވެންޓުގެ ތެރެއިން - ބާ2000 ފަރަމަންތާ ޗެލެންޖް

"ބާ2000 ފަރަމަންތާ ޗެލެންޖް" ގެ ސާފިންނާއި ބޮޑީބޯޑިންގެ އިވެންޓުތައް ފެށިއިރު، ދާދި ފަހުން ވަނީ  އޯޕަން ވޯޓާ ފެތުމުގެ ހަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

ފަރުމަތި އިވެންޓްސްއިން މައުލޫމާތުދޭ ގޮތުން "ބާ2000 ފަރަމަންތާ ޗެލެންޖް" ގެ ހަރަކާތްތައް ކުރިއަށްގެންދަނީ އެ ކުޅިވަރުތަކާ ގުޅޭ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެއްބާރުލުމާ އެކީގައެވެ. އަދި މި ޗެލެންޖަކީ ރާއްޖޭގައި މޫދު ކުޅިވަރު ޕްރޮމޯޓުކޮށް، އެފަދަ އިވެންޓުތައް ތަފާތު ގޮތަކަށް ގެނެސްދިނުމަށް ގައުމީ އެސޯސިއޭޝަންތަކާއެކު ބައިނަލްއަގުވާމީ ފެންވަރެއްގައި މަސައްކަތްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށްވެސް ފަރުމަތި އިވެންޓްސްއިން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް