ކ. މާލެ
|
23 ސެޕްޓެންބަރ 2021 | ބުރާސްފަތި 17:25
ބާ2000 ފަރަމަންތާ ޗެލެންޖުގެ ޕޯސްޓަރެއް
ބާ2000 ފަރަމަންތާ ޗެލެންޖުގެ ޕޯސްޓަރެއް
ބާ2000 ފަރަމަންތާ ޗެލެންޖް
ބާ2000 ފަރަމަންތާ ޗެލެންޖް
ކޮވިޑާ ގުޅިގެން ފަސްކުރި ބާ2000 ފަރަމަންތާ ޗެލެންޖް އަންނަ މަހު
 
އޯޕަން ވޯޓާ ފެތުން އޮންނާނީ އޮކްޓޯބަރު 29-31 އަށް
 
ސާފިން އާއި ބޮޑީބޯޑިން އޮންނާނީ ނޮވެމްބަރު 4-15 އަށް

ކޮވިޑް-19 އާ ގުޅިގެން ފަސްކުރި ރާއްޖޭގައި ބާއްވާ މޫދު ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ "ބާ2000 ފަރަމަންތާ ޗެލެންޖް 2021" އަންނަ އޮކްޓޯބަރު މަހާއި ނޮވެމްބަރު ބާއްވަން ތައްޔާރުވެއްޖެއެވެ.

ބާ2000 ގެ އެދުމަކަށް ފަރުމަތި އިވެންޓްސްއިން ރާވާ ހިންގާ "ބާ2000 ފަރަމަންތާ ޗެލެންޖް" ގައި އޯޕަން ވޯޓާ ފެތުމާއި، ސާފިން އަދި ބޮޑީބޯޑިންގެ އިވެންޓުތައް ހިމެނެއެވެ. މި އަހަރުގެ ކުރީކޮޅު "ބާ2000 ފަރަމަންތާ ޗެލެންޖް" ބާއްވަން އެންމެ ފުރަތަމަ ތާވަލުކުރި ނަމަވެސް، މާލެ ސިޓީގައި ކޮވިޑުގެ ހާލަތު ގޯސްވުމާއެކު، މި އިވެންޓް ވަނީ ފަސްކޮށްފައެވެ.

އެކަމަކު މިހާރު "ބާ2000 ފަރަމަންތާ ޗެލެންޖް" ގެ އޯޕަން ވޯޓާ ފެތުމުގެ ހަރަކާތްތައް އަންނަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ. އޯޕަން ވޯޓާ ފެތުމުގެ ހަރަކާތްތައް ކުރިއަށްދާނީ ކުރިންވެސް ރާވާފައިވާ ގޮތަށް މާލޭ ރަސްފަންނު ބޭރުގައި ކަމަށް ފަރުމަތި އިވެންޓްސްއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން ސާފިން އާއި ބޮޑީބޯޑިންގެ އިވެންޓުތައް ބާއްވަން މިހާރު ތާވަލުކޮށްފައިވަނީ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ސާފިންނާއި ބޮޑީބޯޑިންގައި ހިމެނޭ ކެޓެގަރީތަކަކީ ޖޫނިއާ ބައިގެ އިތުރުން އޯޕަން ބައެވެ. އެކަމަކު އޯޕަން ވޯޓާ ފެތުމުގައި ގިނަ ކެޓަގަރީތަކެއް ހިމެނޭއިރު، މި ހަރަކާތްތަކުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު މިހާރު ވަނީ ހަމަވެފައެވެ.

"ބާ2000 ފަރަމަންތާ ޗެލެންޖް" ގެ ހަރަކާތްތައް ކުރިއަށްގެންދަނީ އެ ކުޅިވަރުތަކާ ގުޅޭ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެއްބާރުލުމާ އެކީގައެވެ. މި ޗެލެންޖަކީ ރާއްޖޭގައި މޫދު ކުޅިވަރު ޕްރޮމޯޓުކޮށް، އެފަދަ އިވެންޓުތައް ތަފާތު ގޮތަކަށް ގެނެސްދިނުމަށް ގައުމީ އެސޯސިއޭޝަންތަކާއެކު ބައިނަލްއަގުވާމީ ފެންވަރެއްގައި މަސައްކަތް ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ފަރުމަތި އިވެންޓްސްއިން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް