ކ. މާލެ
|
21 އޭޕްރިލް 2020 | އަންގާރަ 13:08
ޑަބްލިއުއެޗްއޯގެ ހުޅަނގު ޕެސިފިކްގެ ރީޖަނަލް ޑިރެކްޓަރ ޓަކޭޝީ ކަސާއީ
ޑަބްލިއުއެޗްއޯގެ ހުޅަނގު ޕެސިފިކްގެ ރީޖަނަލް ޑިރެކްޓަރ ޓަކޭޝީ ކަސާއީ
ޑަބްލިޔު.އެޗް.އޯ
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ
ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއި ދިނުމުގައި ސަމާލުވުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އެދިއްޖެ
 
ބައެއް ސަރަޙައްދުތައް ހުޅުވާލެވިދާނެ ކަން އޭނާ ފާހަގަކުރެއްވި
 
130،000ށް ވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވޭ
 
ވެސްޓަރން ޕެސިފިކްގެ 22 ޤައުމަކުން ކޮވިޑް-19 ފެނިފައިވޭ

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިއުލާނު ކުރަމުންދާ ފުރަބަންދު (ލޮކްޑައުން) ތަކަށް ލުއި ދިނުމުގައި ސަމާލުވުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިލްތިމާސްކޮށްފިއެވެ.

އަންގާރަ ދުވަހު ޑަބްލިއުއެޗްއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅަނގު ޕެސިފިކްގެ ރީޖަނަލް ޑިރެކްޓަރ ޓަކޭޝީ ކަސާއީ ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން ލޮކްޑައުން ކުރުމަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެންމެ މުހިއްމު އެއް ފިޔަވަޅުކަން ފާހަގަކުރެވިފައިވާ ކަމަށާއި، ލޮކްޑައުން އުވާލުމުގައި ޤައުމުތަކުން ސަމާލުވާން ޖެހޭ ކަމަށެވެ.

އެގޮތުން ޙާލަތަށް ރިއާޔަތްކޮށް ލޮކްޑައުން އުވާލިނަމަވެސް، އެކި ސަރަޙައްދުތައް ވަކިން ނުވަތަ މުޅި ޤައުމު އެއްކޮށް ހުޅުވާލުމުގެ ބަދަލުގައި ބައެއް ސަރަޙައްދުތައް ހުޅުވާލެވިދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކުއްލި ގޮތަކަށް ލޮކްޑައުން އުވާލުމަކީ އަލުން މުޖުތަމައުގައި ބަލި ފެތުރިގެންގޮސްދާނެ ސަބަބެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޓަކޭޝީ ވިދާޅުވީ، މި ބައްޔަށް ވެކްސިނެއް ހޯދެންދެން ނުވަތަ ރަނގަޅު ބޭހެއް އުފެއްދެންދެން މި ޙާލަތްތަކަކީ ދިރިއުޅުމުގެ "އައު ނޯމަލް" ގޮތުގައި އެންމެންވެސް ދެކެން ޖެހޭ ކަމަށެވެ. އަދި މިކަމުގައި މުޖުތަމައުގެ އިތުރުން ވަކިވަކި ފަރުދުންގެ ޒިންމާ ވަރަށް ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ހުޅަނގު ޕެސިފިކް ސަރަޙައްދުގައި ބަލި ފެތުރޭ މިންވަރު ނިސްބަތުން ދަށްކަން ފާހަގަކުރައްވައި ޓަކޭޝީ ވިދާޅުވީ، ޔޫރަޕުގެ ޤައުމުތަކާ އަޅާބަލާއިރު ފެންނަ ކޭސްތައް ދަށް ނަމަވެސް ،ޖަޕާނާއި ސިންގަޕޫރު ފަދަ ޤައުމުތަކުންވެސް ކުރިއާ އަޅާބަލާއިރު ފެންނަ ކޭސްތަކުގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

ހުޅަނގު ޕެސިފިކްގެ ޤައުމުތަކަށް ބަލާއިރު، މިހާތަނަށް 130،000ށް ވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، 5600 މީހުން މަރުވެފައިވެއެވެ. އަދި އެ ސަރަޙައްދުގެ 22 ޤައުމަކުން މިހާތަނަށް ވައިރަސް ފެނިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
100%
0%
0%
0%
0%
ކޮމެންޓް