ކ. މާލެ
|
19 އޭޕްރިލް 2020 | އާދީއްތަ 11:46
ޗައިނާގައި ތިބި އިންޑިއާގެ ރައްޔިތުންގެ އެއަރ އިންޑިއާގެ ފުލައިޓަކަށް އަރަނީ
ޗައިނާގައި ތިބި އިންޑިއާގެ ރައްޔިތުންގެ އެއަރ އިންޑިއާގެ ފުލައިޓަކަށް އަރަނީ
ޓްވިޓަރ
ކޮވިޑް-19 ޓެސްޓް ކުރުން
3 ލައްކަ ހަލުއި ޓެސްޓް ކިޓް ޗައިނާއިން އިންޑިއާ އަށް
 
މި ޓެސްޓް ކިޓްތައް ގެނެސްފައިވަނީ އިންޑިއާގެ ޓަމިލްނާޑޫ އަދި ރާޖަސްތާންގައި ބޭނުން ކުރުމަށް

އެއަރ އިންޑިއާގެ އެހީތެރިކަމާއެކު ޗައިނާގެ ގޮންޒޫން އިންޑިއާއަށް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް 3 ލައްކަ ހަލުއި ޓެސްޓް ކިޓް ގެންގޮސްފިއެވެ.

3 ލައްކަ ހަލުއި އެންޓިބޮޑީ ޓެސްޓް ކިޓް ގެންދިޔައީ އެއަރ އިންޑިއާގެ ހާއްސަ ފުލައިޓަކުންނެވެ. މި ޓެސްޓް ކިޓްތައް ގެނެސްފައިވަނީ އިންޑިއާގެ ޓަމިލްނާޑޫ އަދި ރާޖަސްތާންގައި ބޭނުން ކުރުމަށެވެ.

އިންޑިއާއިން ޗައިނާއަށް ކަނޑައަޅުއްވައި ހުންނަވާ ސަފީރު ވިކްރަމް މިސްރީ ވިދާޅުވީ ޗައިނާގެ ގޮންޒޫއިން އިންޑިއާއަށް ގެންދާ ޓެސްޓް ކިޓްތައް އެ ސިޓީތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ނިޔަލަށް އިންޑިއާގައި ކޮވިޑް-19 އަށް 16،000 އަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ހޮނިހިރު ދުވަހު އެކަނިވެސް އިންޑިއާއިން 2013 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން އިއްޔެ އެކަނި އެގައުމުން 35 މީހަކު މަރުވެފައިވާ އިރު މިހާތަނަށް އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 500 އަށްވުރެ މައްޗަށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
63%
0%
0%
25%
13%
ކޮމެންޓް