ކ. މާލެ
|
19 އޭޕްރިލް 2020 | އާދީއްތަ 10:01
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް - ކޮވިޑް-19 ފެތުރުނީ ޗައިނާގެ ސަބަބުން ކަމަށް ޓްރަމްޕް ތުހުމަތު ކުރައްވާ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް - ކޮވިޑް-19 ފެތުރުނީ ޗައިނާގެ ސަބަބުން ކަމަށް ޓްރަމްޕް ތުހުމަތު ކުރައްވާ
އޭއޭޕީ
ޓްރަމްޕުގެ އިންޒާރު ޗައިނާއަށް
ކޮވިޑް-19 ފެތުރުނީ އިހުމާލުން ނަމަ ކުށަކީ ކުށެއް ކަމަށް ޗައިނާ އިން ގަބޫލު ކުރަން ޖެހޭނެ: ޓްރަމްޕް
 
ޓްރަމްޕް ކޮވިޑް-19 ސިފަކުރައްވަނީ ޗައިނާ ވައިރަސްގެ ގޮތުގައި
 
ޓްރަމްޕް ވަނީ ޗައިނާއިން މިކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް މީގެ ކުރިން ވެސް ވިދާޅުވެފައި

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ޒިންމާ ޗައިނާއިން އުފުލަން ޖެހޭނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް އިންޒާރު ދެއްވައިފިއެވެ.

އަޅުއްވާނެ ފިޔަވަޅެއް ވިދާޅު ނުވެ ޓްރަމްޕް ޗައިނާއަށް އިންޒާރު ދެއްވި އިރު، ޓްރަމްޕް ވިދާޅުވެފައިވަނީ "އެއީ ކުށެއް ނަމަ، ކުށަކީ ހަމަ ކުށެއް" ކަމަށާއި، ކޮވިޑް-19 އަކީ ޗައިނާއަށް އެނގިގެން ހިނގިކަމެއް ނަމަ އެކަމުގެ އާހިރު ނަތީޖާގެ ޒިންމާ ޗައިނާއިން ނަގަން ޖެހޭނެކަމަށެވެ.

ޓްރަމްޕް ޗައިނާއަށް ދެއްވި އިންޒާރާއި ގުޅިގެން މާ ބޮޑު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ. އަދި އެމެރިކާއިން އެކަމުގެ އަމަލުކުރާނެ ގޮތެއްވެސް ހާމައެއް ނުކުރައްވައެވެ. މީގެ ކުރިން ވެސް ޓްރަމްޕާއި އެމަނިކުފާނުގެ ސަރުކާރުން ވަނީ ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން ކަންކަން ސިއްރު ކުރާ ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕް ވަނީ އެމެރިކާއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް ދެމުން އަންނަ އެހީތައްވެސް ކަނޑާލާފައެވެ. ސަބަބެއް ކަމުގައި ޓްރަމްޕް ވިދާޅުވެފައިވަނީ ޑަބްލިއުއެޗްއޯއިން ޗައިނާއާއި މާ ބޮޑަށް ގާތްކޮށް މަސައްކަތް ކުރަމުންދާތީ ކަމަށެވެ.ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދު ކަމަށްވާ ޗައިނާ އަދި ވޮޝިންގަޓަނުން ވަނީ ވައިރަސްއާއި ގުޅިގެން އެކި ފަހަރުމަތިން ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ. އަދި ޓްރަމްޕް އަމިއްލަފުޅަށް ވެސް ވަނީ މިކަމުގެ ޒިންމާ ޗައިނާގެ ބޮލުގައި އަޅުއްވާފައެވެ.

އެމެރިކާގެ ރައީސް ވަނީ ކޮވިޑް-19 އަކީ "ޗައިނާ ވައިރަސް" ގެ ގޮތުގައި ސިފަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
33%
11%
0%
11%
44%
0%
ކޮމެންޓް