ކ. މާލެ
|
18 އޭޕްރިލް 2020 | ހޮނިހިރު 13:53
ސައުތު ކޮރެއާގެ ހޮސްޕިޓަލެއްގައި ކޮވިޑް-19 އަށް ޓެސްޓް ކުރާ ސެންޓަރެއްގައި ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަނީ
ސައުތު ކޮރެއާގެ ހޮސްޕިޓަލެއްގައި ކޮވިޑް-19 އަށް ޓެސްޓް ކުރާ ސެންޓަރެއްގައި ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަނީ
ފޮރިން ޕޮލިސީ
ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވް ވުން
ދެކޮނު ކޮރެއާގައި ބަލިން ރަނގަޅުވި މީހުން އަނެއްކާ ވެސް ކޮވިޑަށް ޕޮޒިޓިވްވަނީ!
 
މިހާތަނަށް 163 މީހަކު ވަނީ ދެވަނަ ފަހަރަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި

ދެކުނު ކޮރެއާގައި ކޮވިޑް-19 ޖެހިގެން ރަނގަޅުވާ މީހުން އަނެއްކާ ވެސް ބައްޔަށް ޕޮޒިޓިވްވަމުން އަންނަ ކަމަށް އެގައުމުގެ ސެންޓަރު ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފިއެވެ.

ދެކުނު ކޮރެއާގެ ސީޑީސީން ބުނެފައިވަނީ އެގައުމުގައި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި 163 މީހުންނެއް ބައްޔަށް ދެވަނަ ފަހަރަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ދެކުނު ކޮރެއާގެ އިތުރުން ޗައިނާގައި ވެސް މި މައްސަލަ އަންނަނީ ދިމާވަމުންނެވެ. ނަމަވެސް ސައްހަ އަދަދެއް އަދި އެގައުމުން ހާމައެއް ނުކުރެއެވެ.

މިއާއެކު ދެވަނަ ފަހަރަށް މީހަކު ކޮވިޑަށް ޕޮޒިޓިވް ވަނީ ކީއްވެގެން ކަމެއް އަދި މިހާތަނަށް ދެނެގަނިވިފައި ނުވެއެވެ. އަދި އެކަން ހޯދުމަށް ޑޮކްޓަރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ދެކުނު ކޮރެއާގައި މިހާތަނަށް ބަލިޖެހުނު މީހުންގެ ތެރެއިން އަލުން ބަލި ޖެހުނު މީހުންގެ އަދަދު ނިސްބަތުން ދަށެވެ.

މިހާތަނަށް އެގައުމުން 8،000 (އަށް ހާސް) އާ ގާތްކުރާ އަދަދަކަށް މީހުންނަށް ބަލި ޖެހެގެން ރަނގަޅުވެފައިވާ އިރު، އޭގެ ތެރެއިން ދެވަނަ ފަހަރަށް ޕޮޒިޓިވްވި މީހުންގެ ނިސްބަތް އުޅެނީ 2.1 އިންސައްތައިގައެވެ.

ނަމަވެސް ރަނގަޅުވި މީހުންގެ ތެރެއިން މިހާތަނަށް ދެވަނަ ފަހަރަށް ބަލިޖެހިފައިވޭތޯ ބެލުމަށް ޓެސްޓްކޮށްފައިވަނީ ކިތައް މީހުންކަމެއް އަދި ސާފު ނުވާ ކަމަށެވެ.

ދެ ވަނަ ފަހަރަށް ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވަމުން އަންނާތީ ދެކުނު ކޮރެއާއިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވައިރަސްގެ އައުޓްބްރޭކް ކޮންޓްރޯލް ކޮށްފައިވަނިކޮށް ދެވަނަ ފަހަރަށް ޕޮޒިޓިވްވާ މީހުން ފެންނަމުންދާތީ އެކަމުގެ ބިރުވެރިކަން ވަނީ އުފެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
7%
14%
79%
0%
0%
0%
ކޮމެންޓް