ކ. މާލެ
|
14 އޭޕްރިލް 2020 | އަންގާރަ 11:59
ފިޔަވަޅުތައް އެޅުމުގައި ފަޤީރު އާބާދީއާއި، ދުވަހު މުސާރައަށް މަސައްކަތް ކުރާ ފަރާތްތަކަށް އިސްކަންދޭނެ
ފިޔަވަޅުތައް އެޅުމުގައި ފަޤީރު އާބާދީއާއި، ދުވަހު މުސާރައަށް މަސައްކަތް ކުރާ ފަރާތްތަކަށް އިސްކަންދޭނެ
އަލްޖަޒީރާ
ކޮވިޑް 19 އިންޑިއާ
ކޮވިޑް-19: އިންޑިއާގެ ލޮކްޑައުންގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި
 
އިންޑިއާއިން މިހާތަނަށް 8988 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވޭ
 
ކުރިއަށް އޮތް ހަފްތާ ތެރޭގައި އިންޑިއާއިން އަޅާ ފިޔަވަޅުތައް އިތުރަށް ހަރުކަށިވެގެންދާނެ
 
މޯދީ ވިދާޅުވީ އިންޑިއާގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާ ކަަމަށް

ކޮވިޑް-19 ރޯގާއާއި ގުޅިގެން އިންޑިއާގައި އިޢުލާނުކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

އެކަން އިޢުލާނުކުރައްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޤައުމާ މުޚާޠަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިންޑިއާގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި، ކޮވިޑް-19 އާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ދޭ އެއްބާރުލުން ފާހަގަކުރައްވާ ކަމަށެވެ. އަދި އަންނަ މެއި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ލޮކްޑައުންގެ މުއްދަތު އިތުރު ކުރެވިފައިވާ ކަމަށް މޯދީ ވިދާޅުވިއެވެ.

އޭގެ އިތުރުން، ކުރިއަށް އޮތް ހަފުތާ ތެރޭގައި އިންޑިއާއިން އަޅާ ފިޔަވަޅުތައް އިތުރަށް ހަރުކަށިވެގެންދާނެ ކަމަށް ބެލެވޭ ކަމަށާއި، އެ ފިޔަވަޅުތަކަކީ އެ ޤައުމުގައި ދިރިއުޅޭ ފަޤީރު އާބާދީއާއި، ދުވަހު މުސާރައަށް މަސައްކަތް ކުރާ ފަރާތްތަކަށް އިސްކަންދެއްވައިގެން އަޅުއްވާ ފިޔަވަޅުތަކެއް ކަމަށެވެ. އަދި އެކަމުގެ ތަފުޞީލުތައް ފަހުން ހާމަކުރައްވާނެ ކަމަށް މޯދީ ވިދާޅުވިއެވެ.

އިންޑިއާގެ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފައިވާއިރު، ކޮންމެހެން ހިންގަން ޖެހޭ ވިޔަފާރިތައް ހިންގުމުގެ ހުއްދަ ވަނީ ދީފައެވެ. އެގޮތުން ޒަރޫރީ ކާބޯތަކެއްޗާއި، ބޭސްފިހާރަތައް ހުޅުވުމުގެ ހުއްދަ ދީފައިވާއިރު، ޚާއްޞަ ފާހެއްގެ ދަށުން އެމަރޖެންސީ ދަތުރުތައް ކުރުމުގެ ހުއްދަވެސް ވަނީ ދީފައެވެ.

އިންޑިއާއިން މިހާތަނަށް 8988 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، 339 މީހުން މިހާތަނަށް މަރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް