ކ. މާލެ
|
13 އޭޕްރިލް 2020 | ހޯމަ 22:30
އިންޑިއާގެ ޓަޕޮވަން ސަރަޙައްދުގައި 500 އަށްވުރެ ގިނަ ބިދޭސީން ދިރިއުޅެމުންދޭ
އިންޑިއާގެ ޓަޕޮވަން ސަރަޙައްދުގައި 500 އަށްވުރެ ގިނަ ބިދޭސީން ދިރިއުޅެމުންދޭ
މޯލްޑިވިއަން
ކޮވިޑް-19
ކޮވިޑް-19: ލޮކްޑައުންއާ ޚިލާފުވުމުން މިފަހަރު ޖެހުނީ 500 ފަަހަރު "ސޮރީ" ލިޔަން
 
އިންޑިއާގައި މިހާތަނަށް 10,000 އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވޭ
 
ޓަޕޮވަން ސަރަޙައްދުގައި 500 އަށްވުރެ ގިނަ ބިދޭސީން ދިރިއުޅެމުންދޭ
 
500 ފަހަރު ލިއުމުން މާފަށް އެދިފައިވޭ

އަވައްޓެރި އިންޑިއާގައި ކޮވިޑް-19 އާއި ގުޅިގެން އާންމުކޮށްފައިވާ ލޮކްޑައުންއާ ޚިލާފުވި ބަޔަކަށް ލިއުމުން 500 ފަހަރު މާފަށް އެދެން ޖައްސައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އިންޑިއާގެ ޓަޕޮވަންގައި ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި އެ ޤައުމުގައި ލޮކްޑައުންގެ ވަގުތުގައި ބޭރުގައި އުޅުނު 10 ބިދޭސީއެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އަދަބެއްގެ ގޮތުން 500 ފަހަރު ލިއުމުން މާފަށް އެދެން ޖައްސާފައެވެ. އެގޮތުން "އަހަރެން ލޮކްޑައުންގެ އުސޫލުތަކަށް ތަބާނުވެވުނީމާ އެކަމަށް މާފަށް އެދެން" ކަމަށް 500 ފަހަރު އެމީހުން ލައްވައި ވަނީ ލިއެފައެވެ.

ރިޕޯޓްތައް ބުނާގޮތުން އެމީހުން މަގުމަތީގައި އުޅެފައިވަނީ އިޖުތިމާއީ ގައިދުރުކަން (ސޯޝަލް ޑިސްޓެންސިންގ) އަށްވެސް އެއްވެސް ސަމާލުކަމެއް ނުދީއެވެ.

އިންޑިއާގެ ޓަޕޮވަން ސަރަޙައްދުގައި 500 އަށްވުރެ ގިނަ ބިދޭސީން ދިރިއުޅެމުންދާއިރު، އެ ފަރާތްކަކުން ވަރަށް ގިނައިން ލޮކްޑައުންގެ ޤަވާއިދުތަކާ ޚިލާފުވަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި އަދަބަކީ އެ ފަރާތްތަކަށް ދިން ޚާއްސަ މެސެޖެއްގެ ގޮތުގައި އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ސިފަކުރެއެވެ.

އިންޑިއާގައި މިހާތަނަށް 10,000 އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، 342 މީހުން މަރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި