ކ. މާލެ
|
13 އޭޕްރިލް 2020 | ހޯމަ 17:46
އިޓަލީގައި ކޮވިޑް-19 ގެ ހާލުބޮޑު ބަލިމީހެއް ގެންދަނީ
އިޓަލީގައި ކޮވިޑް-19 ގެ ހާލުބޮޑު ބަލިމީހެއް ގެންދަނީ
ފްރާންސް 24
ކޮވިޑް-19
24 ގަޑިއިރު ތެރޭގައި އިޓަލީން އެންމެ މަދުން މީހުން މަރުވި ދުވަހަކަށް މިއަދު
 
އާދިއްތަ ދުވަހު އެ ޤައުމުން ވަނީ ޓެސްޓް ކުރި މީހުންގެ ޖުމުލަ އަދަދު މިލިއަނަކަށްވުރެވެސް އިތުރުވެފަ
 
އެ ޤައުމުން މަރުވި މީހުންގެ އަދަދު ވަނީ 19،899 އަށް އަރާފަ
 
އިޓަލީން މިހާތަނަށް 156،363 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވޭ

24 ގަޑިއިރުގެ ތެރޭގައި އިޓަލީން މަރުވި މީހުންގެ އަދަދު ފާއިތުވި 3 ހަފްތާއާ އަޅާބަލާއިރު މަދުވެއްޖެއެވެ.

އެ ޤައުމުގެ ރިޕޯޓްތައް ބުނާގޮތުން ހޯމަ ދުވަހު މަރުވެފައިވަނީ 431 މީހުންނެވެ. އެގޮތުން މިއީ 19 މާރޗުގެ ފަހުން އެ ޤައުމުން ދުވާލެއްގެ މައްޗަށް މަރުވި މީހުންގެ އަދަދު މިހައި ދަށްވި ފުރަތަމަ ފަހަރެވެ.

ހޯމަ ދުވަހު މަރުވި 431 މީހުންނާއެކު އެ ޤައުމުން މަރުވި މީހުންގެ އަދަދު ވަނީ 19،899 އަށް އަރާފައެވެ.

އޭގެ އިތުރުން، ފާއިތުވި 9 ދުވަހުވެސް އެ ޤައުމުން ކޮވިޑް-19 ޖެހިގެން އައިސީޔޫގައި އެޑްމިޓް ކުރަންޖެހުނު މީހުންގެ އަދަދު މަދުވެފައިވާއިރު، ބަލިވެގެން ރިޕޯޓް ކުރާ މިންވަރުވެސް ކުރިއާ އަޅާބަލާއިރު މަދު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ޤައުމުގެ އޮފިޝަލުންނާއި ޙަވާލާދީ ރިޕޯޓްތައް ބުނާގޮތުން އެ ޤައުމުން މިހާރު ޓެސްޓް ކުރާ މިންވަރުވެސް ވަނީ އިތުރުކޮށްފައެވެ. އަދި ކަރަންޓީންގެ ނިޒާމުތައްވެސް އިތުރަށް ހަރުދަނާ ކުރުމަށް ވަނީ ނިންމާފައެވެ.

އިޓަލީން މިހާތަނަށް 156،363 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، އާދިއްތަ ދުވަހު އެ ޤައުމުން ވަނީ ޓެސްޓް ކުރި މީހުންގެ ޖުމުލަ އަދަދު މިލިއަނަކަށްވުރެވެސް އިތުރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
50%
0%
0%
0%
ކޮމެންޓް