ކ. މާލެ
|
23 ސެޕްޓެންބަރ 2019 | ހޯމަ 18:25
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެ އެމްވީ
އަލިފާނުގެ ހާދިސާ
އަލިފާން ރޯކޮށްލީ ތޯ ނުވަތަ ނޫންތޯ މިދަނީ ބަލަމުން: ފުލުހުން
 
ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައްވެސް މި ގެންދަނީ ބަލަމުން
 
ފުލުހުންގެ ގިނަ މުވައްޒަފުންތަކެއް ހާލަތު އެސެސް ކުރުމަށް ބައިވެރިވޭ
 
ރޯކޮށްލި ކަމެއް ތަހުޤީޤަށް ސާބިތެއް ނުވޭ

އަބަދަށްފެހިމަގުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ހިންގި ކަމެއްތޯ ނުވަތަ ނޫންތޯ ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

އަލިފާނުގެ ހާދިސާގައި ފުލުހުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ހިއްސާކުރުމަށް ހޯމަ ދުވަހު އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ސުޕްރިޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ރޯކޮށްލައިގެން ހިންގިކަމެއްތޯ ބަލަމުންދާ ކަމަށާއި އެހެންނަމަވެސް އަދި ތަހުޤީޤަށް މިހާތަނަށް ބަޔަކު ގަސްދުގައި ރޯކޮށްލިކަން ސާބިތުނުވާ ކަމަށެވެ.

އަލިފާން ރޯވި ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާ ފޫޓޭޖް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެނދި އެޕާޓްމަންޓްތައް ވަކި ވަކިން ބަލަމުންދާ ކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ.

އެކި ފަރާތްތަކަށް ލިބުނު ގެއްލުންތަކާއި ލިޔެކިޔުންތަކަށް ލިބުނު ގެއްލުންތައް ބަލަމުންދާ ކަމަށާއި އެ ސަރަހައްދުގައި ކިތައް ގުދަން ހުރީތޯ، ހުއްދަ ލިބިފައިވަނީ ކޯއްޗެއް ރައްކާ ކުރުމަށްތޯ އާއި އަލިފާނުގެ ހާދިސާ ހިނގި ވަގުތު ގުދަންތަކުގެ ތެރޭގައި ހުރި ކޮންކަހަލަ ސާމާނެއް ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަލިފާން ރޯވި ސަރަހައްދުން 21 ސައިކަލާއި 1 ޕިކަޕް ގެންދިޔަ ކަމަށާއި އޭގެ ވެރިފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވިއެވެ. އަލިފާން ރޯވި ހިސާބުގައި ހުރި ގޭތަކުގެ ގެއްލުން ވަޒަންކޮށް ނިންމާލެވިފައިވަނީ ރިޕޯޓްތައް ކޮމްޕައިލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން އިތުރަށް ބުންޏެވެ.

މި އަލިފާނުގެ ހާދިސާގައި އެކަކު ނިޔާވެފައިވާއިރު 400 އަށްވުރެ ގިނަ ފަރާތްތައް ވަނީ ހާލުގައި ޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
50%
0%
0%
ކޮމެންޓް
23 ސެޕްޓެންބަރ 2019 | ހޯމަ 23:53
ނުބެލޭނޭ
ނުބެލޭނޭ އެހާފެންވަރެއް، ގާބިލިޔަތެއް ނުހުންނާގެ. މާޒީބަލާލީމަ އެނގޭނެ