Advertisement
ކ. މާލެ
|
11 އޮކްޓޯބަރ 2025 | ހޮނިހިރު 20:13
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
މިހާރު
ފޯނުން ފޮޓޯ ލީކުވުން
ފުލުހުން ޝިމަންގެ ފޯނު ހިފެހެއްޓިތާ 24 ގަޑި އިރު ނުވެ ފޯނުގައި ހުރި ފޮޓޯ އެއް ލީކުވެއްޖެ! ފުލުހުން ބުނީ ދޮގެއް ކަމަށް!
ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގެ މައްޗަށް ދޫކޮށްފައިވާ އަމުރެއްގެ ދަށުން ޝިމަންގެ ފޯނުގެ ޕާސްވޯޑު ދިނުމަށް މަޖުބޫރު ކުރި
ހިފަހައްޓާފައިވާ ފޯނެއްގައި ހުރި ފޮޓޯ އެއް ނުވަތަ ވީޑިއޯ އެއް ލީކުވެފައިވާ ކަމަށް ކުރާ ތުހުމަތުތަކަކީ ދޮގެއް ކަމަށް ފުލުހުން ބުނޭ
މިފަދަ ޣައިރު ޒިންމާދާރު ކަމެއް ހިނގުމުން ފުލުހުންނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ އަދި ސަރުކާރާ ދެކޮޅު ހަރަކާތްތަކުގައި ބައިވެރިވާ އެމްޑީޕީގެ ޒުވާން އެކްޓިވިސްޓް އައިޝަތު ޝިމަން ގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ 24 ގަޑި އިރު ނުވަނީސް، އެ ފޯނުގައި ހުރި ފޮޓޯ އެއް އެކްސްގައި ލީކުކޮށްލައިފިއެވެ.

އެ ފޮޓޯ ލީކުކޮށްލާފައި ވަނީ ކާކުކަން ނޭނގޭ ގޮތަށެވެ. އައިޝަތު ޝިމަންގެ ފޯނު އަތުލި ފަހުން މަދު ވަގުތުކޮޅެއްގެ ތެރޭގައި އޭނާގެ ފޯނުގައިވާ ފޮޓޯ އެއް މިގޮތަށް ލީކުކޮށްލުމުން ގިނަ ބަޔަކު ވަނީ އެ ފޮޓޯ ހިއްސާކުރި އެކައުންޓް ރިޕޯޓްކޮށްފައެވެ. އެކްސް އިން އެ އެކައުންޓް މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން، ޝިމަން ބުނެފައި ވަނީ އޭނާގެ ފޯނުގައިވާ އެ ފޮޓޯ ލީކުކޮށްލީ ފުލުހުން ކަމަށެވެ. މިފަދަ ޣައިރު ޒިންމާދާރު ކަމެއް ހިނގުމުން ފުލުހުންނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އަދި މިއީ ބިރުދެއްކުމުގައި ވެސް ހުތުރު ދަރަޖައަކަށް ސަރުކާރު ވެއްޓިފައިވާކަން އެނގޭ ކަމެއް ކަމަށް މިކަމާއި ގުޅިގެން މީސްމީޑިއާގައި ޚިޔާލު ފާޅުކުރި ބައެއް އާއްމުން ވަނީ ބުނެފައެވެ.

ލީކުކޮށްލި މައުލޫމާތަކީ ޝިމަންގެ ފޯނުގައި އެކަނި ހުރި މައުލޫމާތުތަކަކަށް ވުމާއި އެކު އެއީ ފުލުހުންގެ ތެރެއިން ހިނގި ކަމެއް ނޫން ކަމަށް ބެލުމުގެ ފުރުސަތު ނެތް ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ޝިމަންގެ ފޯނުގައިވާ ފޮޓޯ އެއް ލީކުވުމާއި ގުޅިގެން ފުލުހުންގެ މުއައްސަސާ އަށް އާއްމުންގެ ފާޑުކިޔުމާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. އެކަމާއި ގުޅިގެން ފުލުހުން ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ފުލުހުން ވަނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ ހެކި ބަލަހައްޓަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް ބުނެފައެވެ. އަދި އެކަމަށްޓަކާ ހަރުދަނާ އުސޫލުތަކެއް އޮތް ކަމަށް ވެސް ވަނީ ބުނެފައެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ޑިޖިޓަލް ވަސީލަތްތަކުގައި ހުންނަ މައުލޫމާތު ހުންނަނީ ފުރިހަމަ އަށް ކަށަވަރުކޮށްފައި ކަމަށެވެ. އެހެންކަމުން ހެކީގެ ގޮތުގައި ހިފަހައްޓާފައިވާ ފޯނެއްގައި ހުރި ފޮޓޯ އެއް ނުވަތަ ވީޑިއޯ އެއް ލީކުވެފައިވާ ކަމަށް ކުރާ ތުހުމަތުތަކަކީ ދޮގެއް ކަމަށް ފުލުހުން އެ ބަޔާނުގައި ބުނެފައިވެއެވެ.

ބުދަ ދުވަހުގެ ރޭ ޝިމަންގެ ފޯނު ޖަހައިގަތީ ރައީސް މުހައްމަދު މުއިއްޒު އަށް އިންޒާރު ދިން ކަމަށް ދޭޭހަވާ މޭރުމަކުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި ކަމުގެ ތުހުމަތުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ސޯޝަލް މީޑިއާ ގައި "ދޮންކެޔޮ" ގެ ނަން ބޭނުން ކުރާ ޝިމަން ގެ ފޯނު އަތުލީ ވެސް ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނާ ކަމަށާއި އެހެން ނަމަވެސް އޭނާ އަށް ކޯޓު އަމުރު ދައްކާފައި ނުވާ ކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރު ވަނީ ހާމަ ކުރައްވާފައެވެ.

މީގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގެ މައްޗަށް ދޫކޮށްފައިވާ އިތުރު އަމުރެއްގައި އޭނާގެ ފޯނުގެ ޕާސްވޯޑު ހިއްސާ ކުރުމަށާއި އެޕްތަކަށް އެކްސެސް ވެވޭނެ ގޮތް ހަދައިދިނުމަށް ކޯޓުން ވަނީ އަމުރު ކޮށްފައި ކަމަށް ވެސް މައުލޫމާތު ލިބިއެވެ.

- ކޮމެންޓް