Advertisement
ކ. މާލެ
|
11 އޮކްޓޯބަރ 2025 | ހޮނިހިރު 20:00
މާފުށި ކައުންސިލްގެ ރައީސް ސޮލާޙްގެ އާއިލާ އާއި އެމްޑީޕީ ޕީޖީ ގްރޫޕުން ބައްދަލުކުރުން. 11-10-2025
މާފުށި ކައުންސިލްގެ ރައީސް ސޮލާޙްގެ އާއިލާ އާއި އެމްޑީޕީ ޕީޖީ ގްރޫޕުން ބައްދަލުކުރުން. 11-10-2025
ޓްވިޓަރ
އެމްޑީޕީ
ނުހައްގުން ހައްޔަރުކޮށްފައިވާ މާފުށި ކައުންސިލްގެ ރައީސް ސޮލާޙްގެ އާއިލާ އާއި އެމްޑީޕީ ޕީޖީ ގްރޫޕުން ބައްދަލުކޮށްފި
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 6 މީހުން ޖަލުގައި ބަންދުކޮށްފައި ތިބީ ސިޔާސީ ބޭނުމަކަށް ކަމަށް އެމްޑީޕީން ވަނީ ބުނެފައި
ސުލަހްވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ކުރުމުން މި ސަރުކާރުން ޖަލުގައި ބަންދުކޮށްފައިވާ ހުރިހާ ފަރާތްތައް ދޫކޮށްލުމަށް ގިނަ ފަރާތްތަކަކުން އަންނަނީ ގޮވާލަމުން

އޮކްޓޯބަރު 3 ވަނަ ދުވަހުގެ ހަރަކާތާ ގުޅިގެން ނުހައްގުން ހައްޔަރުކޮށްފައިވާ މާފުށި ކައުންސިލް ރައީސް ހަސަން ސޮލާހްގެ އާއިލާ އާއި އެމްޑީޕީ ޕީޖީ ގްރޫޕުން ބައްދަލުކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ހަވީރު އެމްޑީޕީގެ ޕީޖީ ގުރޫޕުގެ މެމްބަރުން ވަނީ މާފުއްޓަށް ވަޑައިގެން ސޮލާހްގެ އާއިލާއާއި ބައްދަލުކޮށް، މިކަމުގައި ހުރި ކަންބޮޑުވުމާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އޮކްޓޯބަރު 3 ވަނަ ދުވަހުގެރޭ އެމްޑީޕީގެ ފަރާތުން މާލޭގައި ބޭއްވި "ލޫޓުވައިފި" ބޮޑު އެއްވުމުގެ ތެރެއިން ހައްޔަރުކުރެވުނު ފަރާތްތައް ދޫކޮށްލުމަށް ގޮވާލައި، ހދ. ކުޅުދުއްފުއްޓާއި ގއ. ދާންދޫގައި ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައިވާއިރު، ސޮލާހް ދޫކޮށްލުމަށް ގޮވާލާ، ހޮނިހިރު ދުވަހުގެ ރޭ މާފުށީގައި ހަރަކާތެއް ބޭއްވުމަށް އެމްޑީޕީން ދަނީ ތައްޔާރު ވަމުންނެއެވެ.

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 6 މީހުން ޖަލުގައި ބަންދުކޮށްފައި ތިބީ ސިޔާސީ ބޭނުމަކަށް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ސިޔާސީ ގޮތުން ހައްޔަރުކޮށްފައި ތިބި ފަރާތްތައް ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީން ވަނީ ޚާއްސަ ހަރަކާތްތަކެއް ފަށާފައެވެ. މާލޭގެ އިތުރުން ބަންދު ކުރި ފަރާތްތައް ނިސްބަތްވާ ރަށްރަށުގައިވެސް މި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުން ވަނީ މި 6 މީހުންގެ ބަންދު މުއްދަތު 15 ދުވަހަށް އިތުރުކޮށްފައެވެ. މީގެ ތެރޭގައި ޔައުގޫބް އަބްދުﷲ، ޔާސިރު އަބްދުއްލަތީފް، މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހު، އަލީ ޖުމާން، އަޒީމް އަލީ އަދި ހަސަން ޝާކިރު ހިމެނެއެވެ.

ބަންދުކުރެވުނު ފަރާތްތަކުގެ ތެރެއިން މާފުށި ކައުންސިލްގެ ރައީސް ހަސަން ސަލާހުގެ އިނގިލި ބިންދާލާފައިވާކަން އެނގިފައިވެއެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ކުރީގެ މެންބަރު ޔާސިރު ބިޑިއަޅުވައިގެން ގެންގުޅޭ މަންޒަރު ވަނީ ފެނިފައެވެ.

އެމްޑިޕީ އިން އޮކްޓޯބަރު 3 ވަނަ ދުވަހުގެރޭ ބޭއްވި ބޮޑު އެއްވުމަށްފަހު، ރައީސް މުއިއްޒުގެ ސަރުކާރުން މިނިވަން މުއައްސަސާތައް ބޭނުން ކޮށްގެން ސިޔާސީ ތަހުގީގުތަކެއް އެމްޑީޕީގެ އިސްފަރާތްތަކާ ދެކޮޅަށް ފަށާފައިވާ ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންޓި ކޮރަޕްޝަން ކޮމިޝަން މެދުވެެރިކޮށް ސިޔާސީ ފަރާތްތަކަށް ބިރު ދެއްކުމަށް ޗިޓު ފޮނުވަމުން ދަނީ ނޮވެމްބަރު 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެއްވުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އިން ބުނެފައިވެއެވެ.

- ކޮމެންޓް